ކެންދޫ ކުނިކޮށިވެސް އަޕްގްރޭޑް ކުރަން ބަޔަކާ ހަވާލުކޮށްފި

13312737_1116595271730801_1277044574386512765_n

ބ. ކެންދޫ ކުނި މެނޭޖްކުރާ ސެންޓަރު އަޕްގްރޭޑް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމީޔާތެއްގައި ކެންދޫ ކުނި މެނޭޖްކުރާ ސެންޓަރު އަޕްގްރޭޑް ކުރުމަށް ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ ވެލްމެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ކުޑަރިކިލުގެ އިތުތުން، ރ ހުޅުދުއްފާރާއި، އެ އަތޮޅު އުނގޫފާރުގެ ކުނިކޮށިވެސް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެ ކުންފުންޏާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ.

މި 3 ރަށުގެ ކުނިކޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ އެއްމިލިޔަން ފަސްލައްކަ ފަސްދޮޅަސް ދެހާސް ހަސަތޭކަ ބާވީސް ރުފިޔާ އަށެވެ.

މިއަތޮޅު ކުޑަރިލުގެ ކުނިކޮށިވެސް އަޕްގްރޭޑް ކުރަން މިދިޔަ ހަފްތާތެރޭ ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ޕޮލިސީގެ ދަށުން ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ކުރަން ސަރުކާރުންވަނީ ނިންމާފަ އެވެ.

ނ، ރ، ބ އަދި ޅ އަތޮޅުގެ ހުރިހާ ރަށެއްގެ ކުނި މެނޭޖްކުރަން ރ. ވަންދޫގައި ގާއިމްކުރި ވޭސްޓްމެނޭޖްމަންޓް ސެންޓަރު ވެމްކޯއާ ހަވާލުކޮށް ކުނި މެނޭޖްކުރުމުގެ މަސައްކަތް މިހާރުވަނީ ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.