މޫލީ މެދުވެރިކޮށް ނޮވެލްޓީން ފޮތް ލިސްޓު ގަނެވޭނެ

އުރީދޫގެ އޮންލައިން މާކެޓްޕްލޭސް، “މޫލީ” ނޮވެލްޓީ ބުކްޝޮޕްއާ އެކު “ބެކް ޓު ސްކޫލް” ކެމްޕެއިން މި އަހަރު ވެސް ފަށައިފި އެވެ.

މިއީ މި ކެމްޕެއިން ޖެހިޖެހިގެން ކުރިއަށް ގެންދާ ދެ ވަނަ އަހަރެވެ. މި ކެމްޕެއިން މެދުވެރިކޮށް “މޫލީ”އިން ރާއްޖޭގެ ހުރިހާ ހިސާބަކަށް ނޮވެލްޓީ ބުކްޝޮޕުން ފޮތް ލިސްޓު އޮންލައިންކޮށް ގަނެވޭނެ އެވެ.

އުރީދޫއިން ބުނީ މި ކެމްޕެއިނަކީ ސްކޫލަށް ބޭނުންވާ ފޮތްތަކާއި ޒަރޫރީ ތަކެތި ފަސޭހަކަމާ އެކު ހޯދުމުގެ ފުރުސަތުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފަހިކޮށްދީ، އެ ތަކެތި ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ

ސްކޫލަށް ބޭނުންވާ ތަކެތި އޮންލައިންކޮށް ގަނެވޭނެ މަގުފަހިގެން ދިއުމަކީ ރަށްރަށުން މާލެއަށް އައުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ ހަރަދާއި ފިހާރަތަކުގައި ކިޔުގައި ތިބުން ފަދަ ދަތިތަކަށް ލިބޭނެ ހައްލެއްގެ ގޮތުގައި އުރީދޫއިން ސިފަކުރެ އެވެ. އުރީދޫއިން ބުނީ ބަރު ކޮތަޅުތައް އުފުލުމުގެ ބުރަ ވެސް ނައްތާލައި، މާލެ އާއި އެކި ރަށްރަށުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ސްކޫލަށް ބޭނުންވާ ސާމާނު އިތުރު ހަރަދެއް ނެތި އެ ކެމްޕެއިނުގެ ދަށުން އޯޑަރުކޮށް ގެއަށް ޑެލިވާކުރުމުގެ ހިދުމަތް ހޯދޭނެ ކަމަށެވެ.

މޫލީ ވެބްސައިޓްގެ ބުކްސް އެންޑް ސްޓޭޝަނަރީ ކެޓަގަރީގެ ދަށުން ސްކޫލަށް ބޭނުންވާ ސާމާނު ފެންނަން ހުންނާނެ އެވެ. ހިލޭ ފޮތް ލިސްޓު ހޯދުމަށް ޗެކް-އައުޓް ކުރާއިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭ ވައުޗާ ކޯޑާއި އައިޑީ ކާޑު ނަމްބަރު ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖަހާލަންޖެހޭނެ އެވެ. އަދި އޯޑަރުކުރާ ތަކެތި ޑެލިވާ ކުރުމުން، ފޮތްލިސްޓް އޯޑަރުކުރުމަށް ބޭނުންކޮށްފައިވާ ވައުޗަރު، ޑެލިވަރާ ކުރާ ފަރާތާ ހަވާލުކުރަން ޖެހޭނެ އެވެ.

އުރީދޫއިން ބުނި ގޮތުގައި “ބެކް ޓު ސްކޫލް” ކެމްޕެއިނަކީ ރާއްޖޭގެ އެކި ހިސާބުތަކުން ވެސް ހޫނު ތަރުހީބެއް ލިބޭ ކެމްޕެއިނެކެވެ.

މި ލިންކުން މޫލީ މެދުވެރިކޮށް ފޮތްލިސްޓު ގަނެވޭނެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.