އުރީދޫ މަސްރޭހުގައި ބައިވެރިވުމުގެ މުއްދަތު މިރޭ ހަމަވާނެ

ރާއްޖޭގެ ހަތަރު ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ މަސް ރޭހުގައި ބައިވެރިވުމުގެ ފަހު ފުރުސަތު މިރޭގެ ނިޔަލަށް ހަމަވާތީ އެކަން ހަނދާންކޮށްދީފި އެވެ.

މި މުބާރާތުގައި ބައިވެރިވާން އުރީދޫން ހުޅުވާލި ފުރުސަތު މިރޭ 12 އަށް ހަމަވާނެ އެވެ.

އުރީދޫއިން ބުނި ގޮތުގައި އެ ކުންފުނީގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ މި މަސް ރޭހަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ، އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށް ވާނެ އެވެ. މި މުބާރާތް ކުރިއަށް ދާނީ، މާލެ، ކުޅުދުއްފުށި، އައްޑޫ އަދި ފުވައްމުލަކުގަ އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ޓީމުތަކުގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެމްބަރުން ހަމަވާންޖެހެ އެވެ. މަސް ރޭހުގެ ކިޓް މޫލީ މެދުވެރިކޮށް ކޮންމެ ބައިވެރިއަކަށް ވެސް 150ރ. އަށް ގަނެވޭނެ އެވެ. މި ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރި އާއި ޓީޝާޓެކެވެ.

މުބާރާތަށް ރަޖިސްޓްރީވާން ޖެހޭނީ އުރީދޫގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށެވެ.

މި ލިންކުން މަސް ރޭހަށް ރަޖިސްޓްރީ ކުރެވޭނެ.

މި މުބާރާތުގެ އެއް ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެ ވަނަ އަށް 10،000ރ. ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 5،000ރ. އެވެ.

މުބާރާތުގެ އެންމެ މޮޅު މަސްވެރިޔަކަށް 1،000ރ. ހުށަހަޅާފައި ވާއިރު އެންމެ މޮޅު އަންހެން މަސްވެރިޔާއަށް ވެސް 1،000ރ. ވަނީ ހުށަހަޅާފަ އެވެ.

މުބާރާތް ބާއްވާ ތާރީހުތައް

މާލެ: 4 އޮގަސްޓު

ކުޅުދުއްފުށި: 11 އޮގަސްޓު

އައްޑޫ: 18 އޮގަސްޓު

ފުވައްމުލައް: 25 އޮގަސްޓު

އުރީދޫ މަސް ރޭހުގައި ކޮންމެ ސިޓީއަކުން ވެސް މަދުވެގެން 12 ޓީމު އަދި ގިނަވެގެން 30 ޓީމަށް ވާދަ ކުރެވޭނެ އެވެ. ތިރީސް ޓީމަށް ވުރެ ގިނައިން ރެޖިސްޓްރީ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވާނީ ގުރު ނަގައިގެން ކަމަށް އުރީދޫ އިން ބުންޏެވެ.

ގުރުއަތުން ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.