ބ. އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މާޅޮހު ކައުންސިލުގެ ރައީސް އަބްދުﷲ ޝުޖާއު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ކެންދޫ ކައުންސިލުގެ އިބްރާހީމް އަބްދުއްރަހްމާން އިންތިޚާބު ކޮށްފި އެވެ.
ބ. އަތޮޅު ކައުންސިލުން ބުނީ ނައިބު ރައީސްގެ މަގާމުން ޝުޖާއު މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެހެންވެ އިއްޔެ އެ މަގާމަށް އާ މެންބަރަކު އިއްޔެ އިންތިހާބުކޮށްފައިވާ ކަމަށެވެ.
ނައިބް ރައީސް ކަމަށް އިބްރާހީމް އަބްދުއްރަހްމާން އިންތިހާބުވީ ފަސް ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ ސަމީހު އާއި ކިހާދޫ ކައުންސިލުގެ ރައީސް ހުސައިން ޝާފިއު އަށް ލިބުނީ ހަތަރު ވޯޓެވެ.
ބ. އަތޮޅު ކައުންސިލުގެ މެންބަރުގެ ގޮތުގައި 14 މެންބަރުން ތިއްބަވައެވެ.