ފަލަސްތީނާ އެކު ދިވެހިން: މާދަމާ މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަނީ

ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަ ކުރުމުގެ ގޮތުން 2021 ވަނަ އަހަރު ބ. މާޅޮހުގައި ބޭއްވި ހިނގާލުން– ފޮޓޯ/އަބްދުލްޖަލީލް ސޯލިހް

ފަލަސްތީނުގެ މީހުންނާ އެކު ދިވެހިން ތިބިކަން އަންގައިދޭން މާދަމާ ހަވީރު މުޅި ރާއްޖޭގައި ހަރަކާތަކެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި، ފަލަސްތީނާއެކު ދިވެހިން ތިބިކަން އަންގައިދޭން މުޅި ރާއްޖޭގައި ހުކުރު ދުވަހު ހަވީރު ހިންގާ ހަރަކާތްތަކާ ގުޅުވައިގެން އޭދަފުށީގައި ހިނގާލުމެއް ބާއްވާނެ އެވެ. އެ ހިނގާލުން ފަށާނީ މާދަމާ ހަވީރު 4:30 ގައި ރަސްމީ ފާލަން ސަރަހައްދުންނެވެ.

މީގެ އިތުރުން ފަލަސްތީނަށް އެހީ ފޮނުވުމަށް ބޭނުންވާ ފައިސާ ހޯދުމަށް މާދަމާ ހަވީރު ބަންދަރު ސަރަހައްދުގައި ފަންޑު ފޮއްޓެއްވެސް  ބަހައްޓަން ވަނީ ނިންމައިފަ އެވެ.

 ފަލަސްތީނަށް އެހީތެރިވުމަށް ފަންޑް ފޮއްޓެއް މާދަމާ ހަވީރު 16:00 އިން ފެށިގެން ބަނދަރު ސަރަހައްދުގައި ބަހައްޓާނެ ކަމަށް ވެސް ރަށު ކައުންސިލުން ބުންޏެވެ.

ހަމާސް އިން އިޒްރޭލަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާ ވެފަ އެވެ. ބަދަލުގައި އިޒުރޭލުން ވެސް ދަނީ ފަލަސްތީނަށް ބާރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.