ތުޅާދޫ ހައުސިން ޔުނިޓްތަކަށް ކުރިމަތިލި މީހުންގެ ލިސްޓް އާންމުކޮށް، ޝަކުވާ އަށް ހުޅުވާލައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ބ. ތުޅާދޫގައި އިމާރާތްކުރި 100 ހައުސިން ޔުނިޓަށް ކުރިމަތިލި މީހުންގެ ޕޮއިންޓް ލިސްޓް އާންމުކޮށް، އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ތުޅާދޫ ކައުންސިލުން ހުޅުވާލައިފި އެވެ.

ތުޅާދޫ ކައުންސިލުން ބުނި ގޮތުގައި ޕޮއިންޓް ލިބުނު ގޮތާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 އާ ހަމައަށް އޮންނާނެ އެވެ. ޕޮއިންޓް ލިސްޓް ވަނީ ކައުންސިލް އިދާރާގެ ނޯޓިސް ބޯޑާއި ކައުންސިލްގެ ފޭސްބުކް ޕޭޖާއި ގެޒެޓްގައި ވެސް އާންމުކޮށްފަ އެވެ.

ތުޅާދޫގައި އިމާރާތް ކުރި ހައުސިން ޔުނިޓްތައް ދޫކުރަނީ ދެ ކެޓަގަރިއެއްގެ ދަށުންނެވެ. އެއީ އެ ރަށު ރައްޔިތުންނަށް ދޫކުރާ ހައުސިން ޔުނިޓްތަކާއި ތުޅާދޫއަށް ހިޖުރަ ކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށެވެ. އެގޮތުން އެ ރަށުގެ ރައްޔިތުންނަށް ދޫކުރަން އިއުލާން ކުރީ 90 ހައުސިން ޔުނިޓެވެ. އަނެއް ކެޓަގަރީން ހުޅުވައިލީ 10 ހައުސިން ޔުނިޓެވެ.

ކައުންސިލުން ބުނި ގޮތުގައި ތުޅާދޫގައި އިމާރާތްކޮށްފައިވާ ސަތޭކަ ހައުންސިން ޔުނިޓަށް 666 ފަރާތަކުން ކުރިމަތިލާފައިވެ އެވެ. 

ތުޅާދޫގައި ހައުސިން ޔުނިޓްތައް ހަދާފައިވަނީ 1،100 އަކަފޫޓުގެ ބިމެއްގެ ތެރޭގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިންރޫމްގެ އިތުރުން ބަދިގެ އަދި ސްޓޯރޫމާއި ލޯންޑްރީ ހިމެނޭ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.