ފުޅަދޫ ކައުންސިލްގެ ރައީސް ޕީއެންސީއަށް ސޮއިކުރައްވައިފި

ބ.ފުޅަދޫ ކައުންސިލުގެ ރައީސް ޢަލީ އަޒުހަރު މިއަދު ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

އަޒުހަރު ޕީއެންސީ އަށް ސޮއި ކުރައްވާފައި މި ވަނީ މީގެ ކުރިން އެމްޑީޕީގައި މަސައްކަތް ކުރެއްވުމަށް ފަހުއެވެ. އަޒުހަރު ސޮއިކުރައްވާފައިވާ ފޯމާ ހަވާލުވެވަޑައިގެންފައި ވަނީ ޕީއެންސީގެ ރައީސް އަދި އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ.

އެމްޑީޕީން ވަކިވެވަޑައުގަތުމާއި ގުޅޭގޮތުން އޭނާ ބައެއް މީޑިއާތަކަށް ވިދާޅުވީ ޕީއެންސީއާ ގުޅިވަޑައިގަތީ އައު ސަރުކާރުގެ ސިޔާސަތުތައް ޤަބޫލު ކުރެވޭތީ ކަމަށެވެ.

އަދި އާ ސަރުކާރާއެކު ފުޅަދޫގެ ކުރިއެރުމަށާއި ރާއްޖޭގެ ތަރައްގީއަށް މާ ބޮޑަށް ވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް  ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ ވާދަ ކުރައްވާ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ޑރ،މުހައްމަދު މުއިއްޒުއެވެ. އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ކުރިން އެ މަނިކުފާނު ހުންނެވި މާލޭގެ މޭޔަރު ކަމުގެ މަގާމުން ވަކި ވުމުގެ ކުރިން ކައުންސިލްގެ މެމްބަރުންނާ ބައްދަލު ކުރައްވައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.