ބ. އަތޮޅު ތައުލީމީ މަރުކަޒަށް ސްޓެމް އެޑިޔުކޭޝަން ކޮންސަލްޓެންޓަކު ހޯދަނީ

. އޭއީސީގެ ދަރިވަރުން ސްޓެމް ފިލާވާލެއްގައި: އެ ސްކޫލު ހިމެނޭހެން ހަ ސްކޫލަކަށް ސްޓެމް އެޑިޔުކޭޝަން ކޮންސަލްޓެންޓުން ހޯދަން ވަނީ އިއުލާން ކޮށްފައި

ބ. އަތޮޅު ތައުލީމީ މަރުކަޒު ހިމެނޭހެން ރާއްޖޭގެ ހަ ސްކޫލަކަށް ސްޓެމް އެޑިޔުކޭޝަން ކޮންސަލްޓެންޓުން ހޯދަން އިޢުލާން ކޮށްފިއެވެ.

ވޯލްޑް ބޭންކުގެ އެހީގައި އެޓޯލްސް އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހިންގާ ސްޓެމް އެޑިޔުކޭޝަންއަކީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް އެއްކޮށްލައިގެން ކިޔަވައިދިނުމެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ 28 ސްކޫލެއްގައި ސްޓެމް އެޑިޔުކޭޝަން ޕްރޮގްރާމް ކުރިއަށް ގެންދެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކޮންސަލްޓެންޓަކު ހޯދަނީ، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން،  ނ. މޭނާ ސްކޫލާއި ރ. ހުޅުދުއްފާރު ސްކޫލާއި ޅ. އަތޮޅު ތައުލީމީ މަރުކަޒާއި ހއ. އިހަވަންދޫ ސްކޫލާއި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލާއި ށ. ފުނަދޫ ސްކޫލުގައި ސެޓެމް އެޑިޔުކޭޝަން ފެށުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތް ތަކަށެވެ.

އެ އިއުލާނުގައިވާ ގޮތުން، މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން ކޮމްޕިއުޓަރ ސައިންސް، ސޮފްޓްވެއަރ އިންޖިނިއަރިންގ ނުވަތަ އެފަދަ އެހެން ދާއިރާއަކުން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ޕްރޮގްރާމިން ލެންގުއޭޖްތަކުގެ ތަޖުރިބާ، ހުންނަން ޖެހޭނެ ކަމަށެވެ. އަދި މައިކްރޯ ބިޓް ޕީޑީ އޮންލައިން ކޯސްތައް ފުރިހަމަކޮށްފައި ވުމާއި، މައިކްރޯ ބިޓް ނުވަތަ އާޑުއިނޯ ފަދަ ފިޒިކަލް ކޮމްޕިއުޓިން ޑިވައިސްތަކަށް އަހުލުވެރިވެފައިވާ މީހަކަށް ވެސް ވާން ޖެހޭނެ ކަމަށް އިއުލާނުގަިއ ބުނެފައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުން މި ސްކޫލުތަކުގައިވާ ގޮތުން، ސްޓެމް އެޑިޔުކޭޝަން ފަށަން ބޭނުންވާ މަސައްކަތްތަކަށާއި އަދި ޓްރެއިނިންގ ކުރިއަށް ގެންދަން ކޮންސަލްޓެންޓުން ހޯދަނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ.

މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.

ވޯލްޑް ބޭންކުގެ އެހީގައި ހިންގާ އެޓޯލްސް އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް 10 މިލިއަން ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.