ބ. އަތޮޅުގެ ހަތަރު ފިނޮޅެއް ދިހަ އަހަރަށް ކުއްޔަށް ދެނީ

ބ. އަތޮޅުގެ އޭރިއަލް ފޮޓޯއެއް. ފޮޓޯ/އިމްޕްރެޝަން ފޮޓޯގްރަފީ

ބ. އަތޮޅުގެ ހަތަރު ފިނޮޅު ކުއްޔަށް ދޫކުރަން އަތޮޅު ކައުންސިލުން އިއުލާންކޮށްފި އެވެ.

ބ. އަތޮޅު ކައުންސިލުން ހުޅުވާލާފައި ވަނީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ފަޅުރަށްތަކުގެ ތެރެއިން ފަސް ފަޅުރަށެއް ކަމަށްވާ ވިލިނގިލިފަރު ފިނޮޅު އާއި ނުރައުފުރިފަރު ފިނޮޅު އާއި ގިރާވަރު ފިނޮޅު 01 (އިރުމަތީ ފިނޮޅު) ގެ އިތުރުން ގިރާވަރު ފިނޮޅު 02 (ހުޅަނގު ފިނޮޅު) ކުއްޔަށް ދިނުމަށެވެ.

މި ހަތަރު ފިނޮޅު އެއް އަހަރު ދުވަހަށް ވަގުތީގޮތުން ބެލެހެއްޓުމަށް ތިން ފަރާތަކަށް 2022 ވަނަ އަހަރު ވެސް ކުއްޔަށްދީފައި ވެ އެވެ.  މި ފިނޮޅުތައް ކުއްޔަށްދީގެން  މިދިޔަ އަހަރު ބ. އަތޮޅު ކައުންސިލުން ވަނީ 2.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ވެސް ހޯދައިފަ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި މި ހަތަރު ފިނޮޅު ވެސް މިފަހަރު ކުއްޔަށް ދެނީ ދިހަ އަހަރު ދުވަހަށެވެ.

މި ފިނޮޅުތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހު 15 ވަނަ ދުވަހުގެ 13:00 އަށް ޕްރޮޕޯސަލް ހުށަހަޅަން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި ފެބްރުއަރީ 8 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވާން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.