އޭދަފުށިން ގޯތި ދޫކުރުން ލަސްވާތީ ރައްޔިތުން ރުޅިގަދަވެއްޖެ

ބ. އޭދަފުށީގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނައިސް، ރަށުން ގޯތި ދޫކުރުން ލަސްވަމުންދާތީ، ރަށުގެ ރައްޔިތުން ރުޅިގަދަ ވެއްޖެ އެވެ.

އޭދަފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރީގެ ރައީސް ޔާމީންގެ  ވެރިކަމުގައި ވަނީ މި ރަށުގެ ބިން ހިއްކައިފަ އެވެ. އަދި ކައުންސިލުގެ މިދިޔަ ދައުރުގައި އޭދަފުށިން ގޯއްޗަށް ހުޅުވާލުމުން 800 އެއްހާ މީހުން ގޯތި ހޯދަން އެދި ފޯމް ލި އެވެ.

އޭގެތެރެއިން 158 ގޯތި ދޫކުރަން ނިންމައި، ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓި އާއްމުކުރިފަހުން، އާއްމު ފަރާތަކުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓް އަމުރަކުން އެކަން ވަނީ ހުއްޓުވައިފަ އެވެ.

މިހާރުގެ ކައުންސިލުން ގޯތިދިނުމުގެ މަސައްކަތް އަލުން ފެށީ ކޯޓުން މިދިޔަ އަހަރު ކައުންސިލާ ދެކޮޅަށް މައްސަލަ ނިންމުމާ ހަމައިންނެވެ.

މީގެ ދިހަ އަހަރު ކުރިން މިރަށުގެ ބިން ހިއްކާފައި އޮތަސް އަދިވެސް އޭދަފުށީ ކައުންސިލަށް މިރަށުން ގޯތި ދޫކުރެވޭ ގޮތެއް ނުވެ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ރުޅިގަދަވެ، ކައުންސިލަށް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މިރަށު މީހަކު ބުނިގޮތުގައި އޭދަފުށިން ގޯތި ދިނުމުގެ ކަންކަމަށް ކައުންސިލުން ވަނީ ވަރަށްބޮޑަށް އިހުމާލުވެފައެވެ. އޭނާ ބުނިގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ރައްޔިތުން ހިތްތިރިކަން އިސްކޮށް މަޑުމައިތިރިކާއެކު ތިބެފި އެވެ.

“ހަމަގައިމު ވެސް ދެން އޭދަފުށިން މި ހައްގު (ގޯތި ދިނުން) ކަށަވަރު ނުކޮށްދީ ތި ކައުންސިލް ގޮނޑިކޮޅުގަ ތިއްބަކަ ނުދޭނަން، އަޅުގަނޑުމެންގެ އިހުސާސްތައް ވެސް ހަނދާނުން ނައްތާލައިފި، ތިބޭފުޅުން އަހަމު ދޯ އެވެނި މިވެނި ރަށަކު ރައްޔިތުން ނުކުމެ، އެވެނި މިވެނި ތަނަކު ބޮޑުތަޅު އަޅުވައިފިޔޭ ކިޔާ އަޑު، ރައްޔިތުން ނުކުމެ މިކަން ކުރާ މަންޒަރު ދުރަކު ނޫން ވަނީ،”

.އޭދަފުށި

ބައެއް މީހުން ބުނި ގޮތުގައި ގޯތި ނުލިބި ގިނަދުވަސްވެފައިތިބި މީހުންނަށް ގޯތި ލިބޭނެ އުސޫލެއް ހަމަޖެހެންޖެހެ އެވެ.

“ގޯތި ނުލިބިފައި މިތިބީ އޭރު ބިން ނެތިގެން، ބިން ލިބުމުން ވެސް ގިނަދުވަސްވީ މީހުންނަކަށް ގޯތި ނުލިބޭ. އިންސާފަކީ ކޮބާ؟

މިކަމާ ގުޅޭ ގޮތުން އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހް ދާދިފަހުން ވިދާޅުވީ އޭދަފުށީގައި ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައި އޮންނަތާ ވަރަށް ދުވަސްވެފައިވާ ކަމަށާއި މި ކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭ ހިމެނޭ ވައުދުފުޅެއް ކަމަށެވެ.

އޭނާ ވިދާޅުވޯ ގޯތި ދޫނުކުރެވި ހުރުމުގެ ސަބަބުން ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ވެސް ދަތިވާކަމަށެވެ. އެގޮތުން ގޯތިދިނުމާއި، ފްލެޓް އެޅުމަށް ވެސް ދަތިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“މިހާރު އަޅުގަނޑުމެން ވާނީ މި މައްސަލައަށް ހައްލު ހޯދުމަށް ޓަކައި ހައުސިން މިނިސްޓްރީއާ އެއްކޮށް ވާހަކަދައްކައި، މި ކަމާ ގުޅޭ ހުރިހާ މަޝްވަރާތަކެއް ކޮށްފައި،” ފާތިހް ވިދާޅުވިއެވެ.

ކައުންސިލުން ބުނެފައިވާ ގޮތުގައި ގޮތުގައި މިހާރު ގޯތި ދިނުމުގެ ކަންކަން ރޭވި އެކަމުގެ މަސައްކަތްތައް ވެސް ބާރު ސްޕީޑެއްގައި ކުރިއަށްދެ އެވެ.

“އުންމީދަކީ މިއަހަރުގެ އޭޕްރީލް މަހު ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލުން،”

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.