ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ހުޅުވާލައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އިންތިހާބުގެ ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް، އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ކެންޑިޑޭޓުންގެ މަންދޫބަކަށްވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ހުޅުވާލާފަ އެވެ.

މަންދޫންނަށް އައްޔަންކުރާ މީހުންގެ ޝަރުތަތަކުގެ ތެރޭގައި މަންދޫބުންގެ ކިބައިގައި ހުންނަށް ޖެހޭ ޝަރުތުތަކުގެ ތެރޭގައި 18 އަހަރުވެފައިވާ ދިވެއްސަކަށްވުމާއި ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުމާއި ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ވެރިއަކަށް ނުވުމާއި ފުލުހެއް ނުވަތަ ސިފައިންގެ މީހަކަށް ނުވުމާއި ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކަށް ނުވުމާއި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކަށް ނުވުމާއި އިންތިޚާބީ ކުށެއް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކަށް ނުވުން ހިމެނެ އެވެ.

އިސީން ބުނި ގޮތުގައި ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުންނަށް މިފަހަރު ދޫކުރާނީ ޑިޖިޓަލް ފާހެކެވެ. އަދި އެ މަންދޫބުން އީސީން ކުރިއަށް ގެންދާ މައުލޫމާތު ސެޝަންތައް ފުރިހަމަ ކުރަން ޖެހޭނެ އެވެ.

މަޖިލިސް އިންތިހާބު ބާއްވަން މިހާރު ނިންމާފައި އޮތީ އަންނަ މަހު 17 ގަ އެވެ. ނަމަވެސް، ކުރިއަށް އޮތް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން މަޖިލިސް އިންތިހާބު ބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ހަފުތާގައި ފާސްކޮށްފަ އެވެ. އެ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ތަސްދީގެއްނުކުރައްވަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.