އުނގޫފާރު ހޮސްޕިޓަލުން އެމްއާރުއައިގެ ޚިދުމަތް ދޭން ފަށަނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

މި ސަރަހައްދުގެ ގިނަ މީހުން ހިދުމަތް ހޯދާ، ރ. އުނގޫފާރު ހޮސްޕިޓަލުން އެމްއާރުއައިގެ ޚިދުމަތް ރޯދަމަސް ފަހުން ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަދި ބ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އުނގޫފާރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ އަންނަ ރަމަޟާންމަހުގެ ފަހުން އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތްދޭން ފައްޓަވާނެ ކަމަށެވެ.

”  އިރާދަ ކުރެއްވިއްޔާ ކުރިއަށް މިއޮތް ރަމަޟާން މަހުގެ ފަހުން މިރަށުގައި (އުނގޫފާރުގައި) އެމްއާރުއައިގެ ޚިދުމަތް ދެވެން ފަށާނެ. ރާއްޖޭގައި ރައީސްގެ ވިޝަންއާއި އެއްގޮތަށް އެކި ކަންކޮޅުތަކުގައި އެމްއާރުއައިގެ ޚިދުމަތް ތައާރަފްވެގެންދާ ހިސާބުން މިހާރު ސެންޓްރަލީ މާލެއަށް ބަރޯސާވެފައި އޮތް އޮތުން، މި ދިގު ކިއޫ ވަރަށް ބޮޑުތަން ކުޑަވެގެންދާނެ. މިހާރު މާލެއަށް ބަލާލާއިރު އެމްއާރުއައި ކިޔު މަހެއް ދެމަހަށް އެބަ ދެމިގެންދޭ.” މިނިސްޓަރު ވިދާޅުވި އެވެ

މިނިސްޓަރު ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލުގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި އެމްއާރުއައިގެ ޚިދުމަތް ފެށުން ވެގެންދާނީ މި ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް އަންނާނެކަމެއް ކަމަށެވެ.

ށ. އަތޮޅުގެ ބައެއް ރަށްރަށާއި ނ، ރ، ބ. އަދި ޅ. އަތޮޅުގެ ރަށްރަށުން ވެސް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އަންނަނީ ހިދުމަތް ހޯދަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުރީ އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.