ރަށު ޕިކަޕުން ނަގާ ފީ އަންނަ މަހުން ފެށިގެން އުވާލަނީ

އޭދަފުށީގައި ރަށު ޕިކަޕެއް ދުއްވާފައި ދަނީ- ރަށު ޕިކަޕުން ނަގާ ފީ އަންނަ މަހުން ފެށިގެން އުވާލާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި.– ފައިލް ފޮޓޯ: އައިޝަތު ދިފްލާ

ބެޓެރީ ޕިކަޕު ނުވަތަ ރަށު ޕިކަޕުން ނަގާ ފީ އަންނަ މަހުން ފެށިގެން އުވާލަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. އަދި ބ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރ. ދުވާފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރަށު ޕިކަޕަކީ އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑު ފަސޭހައެއް ވާ އެއްޗެއް ކަމަށެވެ.

ރަށު ޕިކަޕަކީ ވިޔަފާރީގެ ބޭނުމަށްވުރެ ބޮޑަށް، ވަކިވަކި ގޭގައި އެ ގެއެއްގެ ބޭނުންތަކަށް ބޭނުންކުރާ ސައިޒުން ކުޑަ އުޅަނދެކެވެ. މިއީ މިހާރު ރަށްރަށުގައި ގިނަ އަދަދަކަށް ބޭނުންކުރާ އެއްގަމު އުޅަނދެކެވެ.

ރައީސް ވިދާޅުވި ގޮތުގައި ރަށު ޕިކަޕުން ނަގާ 1،800ރ ގެ ފީ އުވާލުމަކީ ގިނަ ކައުންސިލްތަކަކުން އަދި ރައްޔިތުންގެ ފަރާތުން ވެސް އެދޭ ކަމެއް ކަމަށެވެ.

“ރަށު ޕިކަޕަކީ ބެޓެރިން އޮޕަރޭޓްކުރާ އުޅަނދެއް. 1800 ރުފިޔާގެ ފީއެއް އެބަ ދަރުކާރަށް ދައްކާ. ރައްޔިތުންނަށް އެހާ ފަސޭހަވާ އުޅަނދަކަށްވުމާއި ބެޓެރިން ހިންގާ އުޅަނދަކަށްވާތީ އެ އުޅަނދުން ނަގާ ފީ އަންނަ މަހުން ފެށީގެން އުވާލަދޭނަން.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަނީ ތިމާވެއްޓާ ރައްޓެހި، ފެހިކަން ގަދަ މުޖުތަމައެއް ބިނާ ކުރަން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އަބަދުވެސް ބަލަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.