އޭދަފުށިން ރައީސަށް އާދަޔާ ހިލާފު ހޫނު މަރުހަބާއެއް!

ރައީސަށް އޭދަފުށިން މިރޭ މަރުހަބާ ދަންނަވަނީ:

ބ. އޭދަފުއްޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވަޑައިގަތުމުން ރަށު ރައްޔިތުން ނުކުމެ ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މިރޭ 9:00 ހާއިރު އޭދަފުއްޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ވަނީ ނުކުމެފަ އެވެ. އެތައް ސަތޭކަ ބަޔަކު ބަނދަރު ސަރަހައްދުގައި ކިޔު ހަދާފައި އޮތް އިރު، ރައީސް ވަނީ އެ އެންމެންނާ ސަލާން ކުރައްވައިފަ އެވެ.


ރައީސަށް އޭދަފުށިން މިރޭ މަރުހަބާ ދަންނަވަނީ:
ރައީސަށް އޭދަފުށިން މިރޭ މަރުހަބާ ދަންނަވަނީ:

ރައީސް ވިދާޅުވި ގޮތުގައީ މިއީ އެ މަނިކުފާނު މިހާރު އަތޮޅު ތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން މިހާތަނަށް ރަށަކުން ކީ އެންމެ ފުރިހަމަ މަރުހަބާ އެވެ.

ރައީސް، މިރޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން، ރަށު ކައުންސިލްތަކާ އެކު ވެސް ބައްދަލުވުންތައް ބާއްވަވާނެ އެވެ. މި ބައްދަލުވުންތަކުގައި، ސަރުކާރުން ރަށްތަކަށް ގެންގުޅުއްވާ ތަރައްގީގެ މަޝްރޫއުތަކާއި ކައުންސިލްގެ ހުށަހެޅުންތަކާ ގުޅޭ ވިސްނެވުން ކައުންސިލްތަކާ ހިއްސާކުރައްވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.