ބ. އޭދަފުއްޓާއި ޖެހިގެން ދެކުނުން އޮންނަ މާއްޑޫ ދާއިމަށް އޭދަފުށީ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސައިފި އެވެ.
މިރޭ އޭދަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖެއްސުމަކީ ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދެއް ކަމަށާއި އެ ވައުދާ އެއްގޮތަށް މާއްޑޫ، އޭދަފުއްޓާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން މި ހަފުތާގެ ތެރޭގައި އެކަމުގެ ލިޔުންތައް އޭދަފުށީ ކައުންސިލްއާ ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
“އޭރަށް އެ ރަށުގެ ބޭނުން އޭދަފުށީ ރައްޔިތުންނަށް ހިފޭނެ، އެތަނުގައި ބޯހިޔާވަހިކަމާއި އެހެން މަޝްރޫއުތައް ވެސް ހިންގޭނެ، މާއްޑޫ ވެގެންދާނީ ތިޔަ ބޭފުޅުންގެ މުސްތަގުބަލާ ގުޅިފައިވާ ރަށަކަށް،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މާއްޑޫ އަކީ މީގެ ފަހުން ދާއިމަށް އޭދަފުށީގެ ބައެކެވެ.
Aharun nudhene huri eii ehen rasheh ge bayaku beynun kuraa rasheh kameh