އާބަން ސެންޓަރުތައް ގާއިމުކުރާ ރަށްތަކުގެ ތެރޭގައި އޭދަފުށި

މި ސަރުކާރުން އާބަން ސެންޓަރު ގާއިމުކުރަން ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ބ. އޭދަފުށި ހިމަނައިފި އެވެ.

އޭދަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ތަރައްޤީކުރާ 7 އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރަކީ ބ އަތޮޅު އޭދަފުށި ކަމަށެވެ.

އެހެންކަމުން އޭދަފުށީގެ ތަރައްޤީގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހަތް ސަރަހައްދެއްގައި އާބަން ސެންޓަރު ތަރައްގީކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މި ބައްދަލުކުރެއްވުމުގައި މިރަށަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލެ ސަރަހައްދު ފިޔަވައި، ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުގައި، އެޅުމަށް ކަނޑައަޅާފައިވާ 40,000 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ރަށްކަމުގައި އޭދަފުށި ހައްދަވާނެކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އޭދަފުށީގައި އިތުރަށް ބިން ހިއްކެން ނެތްކަމަށާއި، އެހެންކަމުން ބިމުގެ މައްސަލައަށް އޮތް ހައްލަކީ އިތުރު ރަށެއް ހޯދުންކަމުގައި ފާހަގަކުރައްވައި، އޭދަފުށިގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސާއިދީފަ އެވެ.

މި ހަފުތާގެ ތެރޭގައި އެކަމުގެ ލިޔުންތައް އޭދަފުށީ ކައުންސިލްއާ ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭރަށް އެ ރަށުގެ ބޭނުން އޭދަފުށީ ރައްޔިތުންނަށް ހިފޭނެ ކަމަށާއި އެތަނުގައި ބޯހިޔާވަހިކަމާއި އެހެން މަޝްރޫއުތައް ވެސް ހިންގޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.