ފެއިމްސް ޔުނައިޓެޑުން ރޭ ބެއްލަވިސްޓާ ރެސްޓޯރަންޓްގައި ބޭއްވި ފެއިމްސް ނައިޓް. މި ހަފްލާގައި ވަނީ މާދަމާ ފަށާ ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގައި ބޭނުންކުރާނެ ހޯމް ކިޓް ޖާޒީ އަދި އަވޭ ކިޓް ވެސް ދައްކާލާފައެވެ. މި ހަފްލާގައި ވަނީ ފެއިމްސް ޔުނައިޓެޑަށް އެކި ގޮތްގޮތުން އެހީތެރިވިވެދެއްވި ފަރާތްތައްވެސް ބައިވެރިވެފައެވެ. އަދި އެ ބޭފުޅުންނަށް ވަނީ އެ ޓީމުގެ ޖާޒީ އެއްވެސް ހަވާލުކޮށްފައެވެ. މި ހަފްލާގައި އެޓީމުގެ ކެޕްޓަނާއި ވައިސް ކެޕްޓަންވެސް އިއުލާން ކޮށްފައެވެ. ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ އަބްދުލް މަޖީދު (މަޖިއްޓޭ) އެެވެ. އަދި ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ އިޝާން އިބްރާހިމް (ސައްޓު) އެވެ. | ފޮޓޯތައް:ރާއިފް ޔޫސުފް





















































