ކެންދޫގައި ބޯ ފެނުގެ ނިޒާމު ގާއިމުކުރަން އިންޑިޔާގެ ކުންފުންޏަކަށް

ފެނުގެ ނިޒާމް ގާއިމް ކުރަން ދެ ކުންފުންޏަކާއި ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން– ފޮޓޯ: އެންވަޔަރަންމަންޓް މިނިސްތްރީ

ބ. ކެންދޫގައި ބޯ ފެނުގެ ނިޒާމު ގާއިމުކުރުމަށް އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް އާ މިއަދު ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމް އެވެ. އަދި މޯހަން މުތާ އެކްސްޕޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އިންޖިނިއަ މިސްޓަ ވިވެކެވެ.

މި މަޝްރޫއުގެ ދަށުން ކެންދޫގައި ލޮނުފެނުން މީރުފެން އުފައްދާ، އާރު އޯ ޕްލާންޓް ޤާއިމްކުރުމުގެ އިތުރުން ފެން ރައްކާކުރާނެ 50 ޓަނުގެ ދެ ސްޓޯރޭޖް ޓޭންކް ބަހައްޓާނެ އެވެ. މި މަޝްރޫއު ނިމޭއިރު ބޯ ފެނުގެ ހިދުމަތް ގާއިމުވެ، ރަށުގެ އެކި ސަރަހައްދު ތަކުގައި އިސްކުރު ބަރިތައް ބަހައްޓާނެ އެވެ.

މި މަޝްރޫއަށް ޚަރަދު ކުރަނީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިންނާއި ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ. މި މަސައްކަތް ހަ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

1200 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކެންދޫގައި ބޯފެން މިހާރު ބޭނުންކުރަނީ ތާނގީގައި ފެން ރައްކާކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.