ފުޅަދޫ ސްކޫލުގެ ޕީޓީއޭއިން ރޮހިންޖާ ފަންޑަށް އެހީވެދީފި

ފުޅަދޫ ސްކޫލުގެ ޕީޓީއޭއިން ހޯދި ފައިސާ އެރަށު ކައުންސިލާ ހަވާލުކުރަނީ

ހާލުގައި ޖެހިފައިވާ ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ފުޅަދޫ ސްކޫލުގެ ޕީޓީއޭ އިން ޖަމްބަލް ސޭލެއް ބާއްވައި ފަސްހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.

އެ ސްކޫލުގެ ޕީޓީއޭގެ ނައިބް ރައީސް އާމިނަތު ނިޒާމާ ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ހަވީރު 4:00 އިން 5:15 އަށް ބޭއްވި ޖަމްބަލް ސޭލަށް 5630ރ ލިބިފައިވާ ކަމަށެވެ. އެ ފައިސާ ސަރުކާރުން ހުޅުވާފައިވާ ރޮހިންޖާ ފަންޑަށް ޖަމާކުރުމަށް އެރަށު ކައުންސިލާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ނިޒާމާ ވިދާޅުވި އެވެެ. ފައިސާގެ އިތުރުން ގިނަ އަދަދެއްގެ އަންނައުނު ވެސް ވަނީ ހަދިޔާކޮށްފަ އެވެ.

ހާލުގައި ޖެހިފައިވާ ރޮހިންގާ މުސްލިމުންނަށް އެހީވުމުގޮތުން ބ. ފުޅަދޫ ރައްޔިތުން އިސްނަގައިގެން ފައިސާ އެއްކުރުމަަށްޓަކައި އިއްޔެ ވަނީ ފާނައަށް ވެސް ގޮސްފަ އެވެ. ދެ ދުވަހުގެ ފާނައިގެ މަސްވެރިކަން ކޮށްގެން ލިބޭ ފައިސާ ވެސް ޖަމާކުރާނީ ސަރުކާރުން ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް

ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވައިފައިވާ އެކައުންޓަށް ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.