ލިޓަސްގެ ބްރޭންޑް އެމްބެސެޑަރަކަށް ސެންޓޭ

ލިޓަސްގައި ބޭއްވި ރަސްމިއްޔާތެއްގައި، ލިޓަސްގެ ބްރޭންޑް އެމްބެސެޑަޝިޕްގެ އެއްބަސްވުމުގައި ސޮއިކުރަނީ. ފޮޓޯ/ ލިޓަސް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރިކުރާ ލިޓަސް އޮޓޮމޯބައިލްގެ ބްރޭންޑް އެމްބެސެޑަރަކަށް މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އަލީ ފާސިރު (ސެންޓޭ) ހަމަޖައްސައިފި އެވެ.

ލިޓަސްގެ ބްރޭންޑް އެމްބެސެޑަރަށް ސެންޓޭ ހަމަޖެއްސިކަން އިއުލާންކޮށް ލިޓަސްގެ ފޭސްބުކް ޕޭޖުގައި ކޮސްފައިވާ ޕޯސްޓެއްގައި ބުނީ ލިޓަސްގެ އެމްބެސެޑަރަކަށް ސެންޓޭ ހަމަޖެހިގެން ދިއުމަކީ އެ ކުންފުންޏަށް ލިބުނު ފަހުރެއް ކަމަށެވެ.

ލިޓަސްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްބެސެޑަޝިޕްގެ އެއްބަސްވުމުގައި ސެންޓޭ އާއި ލިޓަސް ފިހާރައިގެ މާކެޓިން މެނޭޖަރު އަހްމަދު އާސިފު ވަނީ ސޮއިކުރައްވައިފަ އެވެ.

ސެންޓޭ ލިޓަސްގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސުމުން ލިޓަސް އިން ހިންގާ އެކި ޕްރޮމޯޝަންތަކާއި ކެމްޕޭނުތައް ހިންގުމުގައި ސެންޓޭ ބައިވެރިވާނެ އެވެ.

އޭދަފުއްޓަށް އުފަން ސެންޓޭ ވަނީ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި ރާއްޖޭގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މާގާމު ހޯދައިފަ އެވެ. އަދި މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ދެ ވަނަ ހޯދި ޓީސީގައި ޖާޒީގައި ސެންޓޭ ވަނީ 34 ލަނޑު ޖަހައި ރަންބޫޓް ވެސް ހާސިލްކޮށްފަ އެވެ. މީގެ އިތުރުން ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް އޭނާ ހޯދި އެވެ.

ލިޓަސްގެ ބްރޭންޑް އެމްބެސެޑަރަކަށް ސެންޓޭ ހަމަޖެއްސިއިރު، އޭދަފުއްޓަށް އުފަން މުހައްމަދު ހަމްޒާ (ހައްޕު) ވަނީ އިއްޔެ ޕްރިންޓިން އަދި އެޑަވަތައިސިންގެ ވިޔަފާރީގައި މަޝްހޫރު އެމް7 ގެ އެމްބެސެޑަރަކަށް ވެސް ހަމަޖައްސައިފަ އެވެ.

ހަމްޕް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕްރިންޓިން އަދި އެޑްވަޓައިސިންގެ ވިޔަފާރީގައި މަޝްހޫރު އެމް ސެވަން އިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.