ކެންދޫ ފަރަށް ޓަގު ބޯޓެއް އަރައި، ގެއްލުންތަކެއް ލިބިއްޖެ

ކެންދޫ ފަރަށް ބޯޓު އަރާފައި: އެ ހާދިސާގައި ބޮޑު ގެއްލުމެއް ފަރަށް ލިބޭނެ ކަމަށް ބެލެވޭ ކަމަށް ކައުންސިލުން ބުނޭ –ފޮޓޯ/ކިޔުންތެރިއެއް

މިއަދު ހެނދުނު ބ. ކެންދޫ ފަރަށް ޓަގު ބޯޓެއް އަރައި، ފަރަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.

ކެންދޫ ކައުންސިލުން ބުނީ އެ ހާދިސާގައި ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ބެލެވޭ ކަމަށެވެ. ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އަދިވެސް ބޯޓު އެއްކޮށް ފުން ނުކުރެވޭ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

“ފަރުގެ ގާތްގަނޑަކަށް ފަސްހާއެއްހާ އަކަފޫޓަށް ގެއްލުންވާނެ ކަމަށް ބެލެވޭ. އޮއިވަރު ބާރުވީމަ ކަމަށް ބެލެވެނީ އެ ހާދިސާގައި ހިނގީ. މިހާރު ބޯޓުގެ ކުރީކޮޅު ފުންކޮށްފި. އެކަމަކު އަދިވެސް ފަހަތުކޮޅު ފުން ކުރެވޭ ވަރެއް ނުވޭ. އެކަމަކު ދިޔަވަރު ބޮޑުވީމަ ފުން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،” ކެންދޫ ކައުންސިލްގެ މެމްބަރު އިބްރާހިމް އަބްދުއްރަހްމާން މިހާރު ނޫހަށް ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި އެ ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުންދަނީ އެ ބޯޓު ނިސްބަތްވާ ކުންފުނީގެ ފަރާތުންނެވެ. އެކަމަކު އެއީ ކޮން ކުންފުންޏެއްގެ ބޯޓެއް ކަމެއް ސާފެއް ނުވެ އެވެ.

އެ ރަށަށް އެ ބޯޓު ދިޔައީ އެ ރަށު ބަނދަރު ހެދުމުގެ މަސައްކަތަށް ގެންގޮސްފައި އޮތް އެކްސްކަވޭޓަރެއް ގެންދިއުމަށެވެ. އެ ހާދިސާ ހިނގާފައިވަނީ އެކްސްކަވޭޓަރު ބޯޓަށް އަރުވައިގެން އެ ރަށުން ފުރަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.