މިދިޔަ އަހަރު ބ. ހިތާދޫ ސްކޫލުން ހުރިހާ ގޮތަކުން އެއް ވަނަ ނަޖުމާ އަބްދުﷲ ހޯދައިފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެ ސްކޫލުގައި ބޭއްވި މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި ހިތާދޫ ސުހާނީ، ނަޖުމާ އަށް އިނާމުތައް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާން މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ މަރްޔިމް ޝަހުނީޒާ ނަސީރެވެ.
ނަޖުމާ ވަނީ އޯލެވެލް އިމްތިހާނުން 4 އޭ ސްޓާ އާއި 4 އޭ ފާސް ހޯދައިގެން ޓޮޕް ޓެން އެއްވަނަ ވެސް ހޯދައިފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ މަރްޔިމް ޝަހުނީޒާ ނަސީރު ވިދާޅުވީ ދަރިވަރުން ސާނަވީ ތައުލީމު ފުރިހަމަކުރުމަށްފަހު، މަތީ ސާނަވީ ތައުލީމު ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.
ހިތާދޫ ސްކޫލު ހޯލުގައި ބޭއްވި ޖަލްސާގައި ގްރޭޑް 8 ން 10 ގެ ކްލާސްތަކުން އެކި އެކި ވަނަތައް ހޯދައިގެން 16 ދަރިވަރަކު ވަނީ އިނާމު ހޯދާފައެވެ.