ކެރިއާ ޑޭ އިން ވިސްނުން ބަދަލުވަނީ

ކެރިއާ ޑޭ ފާހަގަ ކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުރި މީރާގެ ސްޓޯލުން ދަރިވަރުން މައުލޫމާތު ހޯދަނީ- އީޓީ ފޮޓޯ/ތޯރިގް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ ކެރިއާ ޑޭ މިއަދު އެ ސްކޫލުގައި ފާހަގަކޮށްފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވި މި ހަރަކާތް އިންތިޒާމް ކުރުމުގެ މައިގަނޑު މަގުސަދަކީ އެ ސްކޫލުން ލީޑިން ޓީޗަރު އައިޝަތު ހަލީމު ވިދާޅުވި ގޮތުގައި އެކިދާއިރާތަކުގައި ދަރިވަރުންނަށް ހުރި ފުރުސަތުތައް ހާމަކޮށްދީ، އެކުދިން ކުރިއަށް ދާން ބޭނުންވާ ދާއިރާއާ ގުޅޭ އިތުރު މަޢުލޫމާތު ދަރިވަރުންނާ ހިއްސާ ކުރުމެވެ.

ކެރިއާ ޑޭ ފާހަގަ ކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބޭއްވި ހަރަކާތްތަކުގެ ތެރެއިން- އީޓީ ފޮޓޯ/ތޯރިގް

އައިޝާ ވިދާޅުވީ މި ހަރަކާތުގެ ސަބަބުން މުސްތަގުބަލުގައި ކުރިއަށް ދާންބޭނުންވާ ދާއިރާ ނޭނގިތިބި ދަރިވަރުންނަށް އެކަމުގެ ތަޖުރިބާ ހުރި ފަރާތްތަކުން އެކަމާބެހޭ މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން ވަޒީފާގައި އުޅޭފަރާތްތަކުން އެމީހުންގެ ތަޖުރިބާ ކުދިންނާ ހިއްސާ ކޮށްފައިވާ ކަމަށްވެސް އައިޝާ ވިދާޅުވި އެވެ.

ކެރިއާ ޑޭ ފާހަގަ ކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބޭއްވި ހަރަކާތްތަކުގެ ތެރެއިން- އީޓީ ފޮޓޯ/ތޯރިގް

އެ ސްކޫލުގެ ބައެއް ދަރިވަރުން ބުނި ގޮތުގައި މިކަހަލަ ދުވަހެއް ފާހަގަ ކުރުމުން އެތައް ފައިދާތަކެެއް އެ ކުދިންނަށް ކުރެ އެވެ.

ކެރިއާ ޑޭ ފާހަގަ ކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބޭއްވި ހަރަކާތްތަކުގެ ތެރެއިން- އީޓީ ފޮޓޯ/ތޯރިގް

“ކެރިއާޑޭ ގެ ސަބަބުން ކުރިއަށްދާނެ ދާއިރާއެއް އިހްތިޔާރުކުރުމަށް ފަސޭހަވެ، ކޯސްތަކާބެހޭ އިތުރު މައުލޫމާތު ލިބުނު. އަދި އަމަލީ މައިދާނުގައި ކުރިމަތިވާ ގޮންޖެހުންތައްވެސް އިނގިގެން ހިނގައްޖެ،” އެ ސްކޫލުގެ ގްރޭޑް 9 ގައި ކިޔަވަމުން އަންނަ ދަރިވަރަކު ބުންޏެވެ.
“އަދި ކުރިއަށްދާނެ ދާއިރާއެއް އިޚްތިޔާރުކުރުމުގައި ބަލަންޖެހޭ ވަރަށް މުހިއްމު ކަންތައްތަކެެއް ވެސް އެނގިގެން ހިގައްޖެ. މިސާލަކަށްމެރިން ބަޔޮލޮޖިސްޓަކަށް ވާން ބޭނުންނަމަ ސައިންސް ޓްރީމް ނަގާ، އަމިއްލަ ވިޔަފާޜިއެއް ފަށަން ބޭނުންނަމަ ބިޒްނަސް ސްޓްރީމް ނެގުމުގެ ބޭނުންތެރިކަން ވެސް އެނގިގެން ހިނގައްޖެ،”

ކެރިއާ ޑޭ ފާހަގަ ކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބޭއްވި ހަރަކާތްތަކުގެ ތެރެއިން- އީޓީ ފޮޓޯ/ތޯރިގް

މިއަދު ބޭއްވި މި ހަރަކާތުގައި ސޮނެވާފުށީ ރިސޯޓާއި ބ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި، ހޮސްޕިޓަލް، ޕޮލިސް، ފެމެލީ ސެންޓަރު، ބަޔޮސްފިއާ ރިޒާވް އޮފީސް، މީރާ، އެސްޓީއޯ، ދިރާގު، މައި ކޮލެޖު އަދި އައިލެންޑް އޭވިއޭޗަންގެ ފަޔާ އެންޑް ރެސްކިޔު ޑިޕާޓްމަންޓުން ބައިވެރިވި އެވެ. މީގެ އިތުރުން އޭދަފުށީގައި ކޭކު ޑެކަރޭޓް ކުރުމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުންވެސް މިއަހަރުގެ ކެރިއާ ޑޭގައި ވަނީ ބައިވެރިވެފަ އެވެ.

ކެރިއާ ޑޭ ފާހަގަ ކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުރި ސޮނެވާފުށީގެ ސްޓޯލުން ދަރިވަރުން މައުލޫމާތު ހޯދަނީ- އީޓީ ފޮޓޯ/ތޯރިގް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.