އިންޓަނޭޝަނަލް ބިޒްނަސްގެ ދެ އެވޯޑެއް އުރީދު އަށް

އުރީދޫއަށް ލިބުނު އެވޯޑާ އެ ކުންފުނީ އެސިސްޓެންޓް ޖެނެރަލް މެނޭޖަ ޕަބްލިކް ރިލޭޝަން ނޫރާ އިބްރާހިމް ޒާހިރު އުފުލާލަނީ. ފޮޓޯ: އުރީދޫ

ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އިން ދޭ އަހަރުގެ އެންމެ އުފެއްދުންތެރި ކުންފުނީގެ އެވޯޑާއި އެންމެ މޮޅު އާ ޕޭމަންޓް ސޮލިއުޝަން ސޮފްޓްވެއާގެ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

އެ އެވޯޑްތައް ލިބުމާ ގުޅިގެން އުރީދޫ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އީޖާދީ ކުންފުންޏެއްގެ ގޮތުގައި އުރީދޫ ބަލައިގަތުމަކީ އެ ކުންފުންޏަށް ލިބޭ ފަޚުރެއް ކަމަށާއި ޚިދުމަތް ފޯރުކޮށްދިނުމުގައި އައު ތަޖުރިބާ އާއި ފުރުސަތުތަކަށް އެކުންފުނިން އިސްކަންދޭ ކަމަށެވެ.

“ދިވެހިރާއްޖެއަށް މުޅިން އަލަށް ތަޢާރަފު ކުރެވުނު މޯބައިލް ފައިނޭންޝަލް ޚިދުމަތެއް ކަމަށްވާ އެމް-ފައިސާއަކީ އެފަދަ އީޖާދީ ޚިދުމަތެއް. މި ޚިދުމަތް ކުރިއަރަމުންދާ ދުވެއްޔާ މެދު އަޅުގަނޑުމެން ނުހަނު އުފާކުރަން،” އުރީދޫ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާންއާ ހަވާލާދީ އެ ބަޔާނުގައި ބުނީ އެ ކުންފުންޏަށް ލިބޭ ކުރިއެރުމުގެ ސިއްރަކީ އެ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށެވެ. އެ ކަމަށް ޓަކައި މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސްޓީވީ އެވޯޑުގެ ފަނޑިޔާރުންގެ ގޮތުގައި 21 ފަރާތަކުން ބައިވެރިވި އިރު ދުނިޔޭގެ އެކި ހިސާބުން 200 އެގްޒެކެޓިވުންނާއި 60 އަށް ވުރެ ގިނަ ގައުމުތަކުގެ ތަފާތު އިންޑަސްޓްރީތަކުން 3،900 އަށް ވުރެ ގިނަ ކުންފުނި ވަނީ ނޮމިނޭޓްވެފަ އެވެ.

ސާދަ ވަނަ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސް ދިނުމުގެ ޙަފްލާ ބާއްވާފައި ވަނީ 21 އޮކްޓޫބަރު ވަނަ ދުވަހުގެރޭ ސްޕެއިންގެ ބާސެލޯނާގަ އެވެ.

އަހަރުގެ އެންމެ މޮޅު އާ ޚިދުމަތުގެ އެވޯޑް އުރީދޫ އަށް ލިބުނު އިރު ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމަޢެއް ބިނާކުރުމުގައި އުރީދޫ އިން ވަނީ ފާއިތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ.

ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އުރީދޫ އިން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލްގެ ޚިދުމަތާއި މުޅިރާއްޖެ އަށް ފޯޖީ ޕަލަސް ނެޓްވާކް ފުޅާކުރުމާއި “މުޅި ދުނިޔެއަށް މަގުބޫލު ޚިދުމަތްތައް ކަމަށްވާ އެމް-ފައިސާ، ސްމާޓް ކެމްޕަސް، އުރީދޫ ބިޒްނަސް، އަދި ދާދި ފަހުން ތަޢާރަފްކުރި ފަސޭހަ ބްރޯޑްބޭންޑް، އުރީދޫ ނެކްސްޓް، އަދި މަގޭ ޕްލޭން” ހިމެނޭ ކަމަށް އުރީދޫ އިން ބުންޏެވެ.

ޑިޖިޓަލް މޯލްޑިވްސް އިނީޝިއޭޓިވްއާ އެކު 2015 އިން ފެށިގެން އުރީދޫ އިން ގެންދަނީ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކުން ފުރިހަމަ އައިސީޓީ ކުންފުންޏަކަށް ބަދަލުވަމުންނެވެ. ކުންފުނީގެ ޑިޖިޓަލް ސްޓްރެޓެޖީ އަމާޒުކޮށްފައި ވަނީ ޓެކްނޮލޮޖީ މެދުވެރިކޮށް ޢާއްމު އިޖުތިމާއީ ކުރިއެރުމަށާއި، ތަޢުލީމު، ޞިއްޙަތު، ވިޔަފާރި އަދި ފައިސާގެ މުޢާމަލާތްތައް ކުރިއެރުވުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމައެއް ބިނާކުރުމަށް އުރީދޫން ވަނީ ފާއިތުވެދިޔަ މަދު އަހަރުތަކުގެ ތެރޭގައި ހަލުވި ކުރިއެރުންތަކެއް ހޯދައިފަ އެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި އުރީދޫގެ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް އެޅި ސަބްމެރިން ކޭބަލްގެ ހިދުމަތް، މުޅި ރާއްޖެއަށް 4G ޕްލަސް ނެޓްވާކް ފުޅާކުރުން، މުޅި ދުނިޔެއަށް މަގުބޫލު ހިދުމަތްތައް ކަމަށްވާ އެމް-ފައިސާ، ސްމާޓް ކެމްޕަސް، އުރީދޫ ބިޒްނަސް، އަދި ދާދި ފަހުން ތައާރަފްކުރި ފަސޭހަ ބްރޯޑްބޭންޑް، އުރީދޫ ނެކްސްޓް، އަދި މަގޭ ޕްލޭން ހިމެނެ އެވެ.

އެ ކުންފުނިން ބުނީ ޑިޖިޓަލް މޯލްޑިވްސް އިނީޝިއޭޓިވްއާއެކު 2015 އިން ފެށިގެން އުރީދޫން އަންނަނީ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކުން ފުރިހަމަ އައިސީޓީ ކުންފުންޏަކަށް ބަދަލުވަމުން ކަމަށެވެ. އަދި ކުންފުނީގެ ޑިޖިޓަލް ސްޓްރެޓެޖީ އަމާޒުކޮށްފައިވަނީ ޓެކްނޮލޮޖީ މެދުވެރިކޮށް އާއްމު އިޖުތިމާއީ ކުރިއެރުމަށާއި ތައުލީމު، ސިއްހަތު، ވިޔަފާރި އަދި ފައިސާގެ މުއާމަލާތްތައް ކުރިއެރުވުމަށް ކަމަށް ވެސް އުރީދޫން ބުންޏެވެ.

“ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން އާއްމު އިޖުތިމާއީ ހާލަތަށް އެކަށޭނަ ބަދަލެއް އައިސްފައިވާއިރު އުރީދޫގެ އަމާޒަކީ ޓެކްނޮލޮޖީގެ ފުރިހަމަ މަންފާ މުޖުތަމައަށް ފޯރުކޮށްދިނުން،” އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.