ރަށްރަށުގެ ފެނުގެ އަގު މާލޭއާ އެއްވަރަށް ހެޔޮ ކުރަނީ

ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: –ފޮޓޯ: ނިޝާން އަލީ/ މިހާރު

ރަށްރަށުގައި ސަރުކާރުން ދެމުންދާ ފެނުގެ ހިދުމަތުގެ އަގު މާލޭގައި އެ ހިދުމަތް ދެމުންދާ އަގާ އެއްވަރަށް ހެޔޮކުރަން ނިންމައިފި އެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފެނުގެ އަގު ހެޔޮކުރުމަށް ރައްޔިތުން އެދެމުންދާ ކަމަށެވެ. އެކަން ރައްޔިތުންނަށް ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި އެކަން ހާސިލުވެގެން ދާނެ ކަމަށެވެ.

“މިއަދު ރައްޔިތުން އަޅުގަނޑާ ކުރާ ސުވާލަކީ ބޯ ފެނުގެ އަގު ހެޔޮ ކުރެވިދާނެތޯ؟ އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ކުރީ ކޮޅުން ފެށިގެން ރަށްރަށުގެ ގެދޮރުގައި ބޯފެން ބޭނުން ކުރާ ހުރިހާ ފަރާތްތަކަކަށް މާލޭއާ އެއް އަގެއްގަ އެ އަގު ހަމަޖެހިގެން ދާނެ، މީގެ ނަތީޖާއަކީ ކޮންމެ ދިހަ ގެއަކުން ނުވަ ގެ ނުވަތަ ޔޫޒަރުންގެ 92 ޕަސެންޓަށް ފެނުގެ އަގު 57 ޕަސެންޓަށް ތިރިވެގެން ދިޔައީ، އަނެއް އަށް ޕަސެންޓް މީހުންނަށް ފެނު އަގު ތިރިވެގެން މިދަނީ ދިހަ ޕަސެންޓާއި 22 ޕަސެންޓާ ދޭތެރޭ،” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ހަތަރު އަހަރު ތެރޭގައި މީހުން ދިރިއުޅޭ 183 ރަށުގެ ތެރެއިން 135 ރަށަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިފައިވާ ކަމަށެވެ. ބޮޑެތި ރަށްތައް ހިމަނައިގެން 36 ރަށަކަށް ފުރިހަމަ ނަރުދަމާ ގާއިމުކޮށްދެވިފައިވާ ކަމަށެވެ. މި އަހަރުގެ ބަޖެޓުން އިތުރު ރަށްރަށުގައި އެ މަޝްރޫއުތައް ހިންގަން ބަޖެޓް ވެސް ކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.