ދޮންފަނު އިންވިޓީޝަން ކަޕް ހުޅުވައިދޭނީ ކިހާދޫ އާއި ދޮންފަނު

އަންނަ މަހު 15 ގައި ފަށާ ދޮންފަނު އިންވިޓޭޝަން ކަޕްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކިހާދޫ އާއި މުބާރާތް ބާއްވާ ދޮންފަނު ބައްދަލުކުރަން ޖެހިއްޖެ އެވެ.

ޑިސެމްބަރު 15-29 އަށް ބާއްވާ މުބާރާތުގެ ގުރުއަތުނެގުން ރޭ ދޮންފަނުގައި ވަނީ ބާއްވައިފަ އެވެ.

މުބާރާތުގައި ވާދަކުރަނީ މި ދެ ރަށުގެ އިތުރުން ދަރަވަންދޫއާއި އޭދަފުށި އަދި ގޮއިދޫ އެވެ.

ދޮންފަނު އިންވިޓޭޝަން ކަޕްގެ ގްރޫޕް ސްޓޭޖް މެޗުތައް:
ކިހާދޫ – ދޮންފަނު (15 ޑިސެމްބަރު، ހުކުރު، 16:00)
ގޮއިދޫ – ދަރަވަންދޫ (16 ޑިސެމްބަރު، ހޮނިހިރު، 16:00)
އޭދަފުށި – ކިހާދޫ (17 ޑިސެމްބަރު، އާދިއްތަ 16:00)
ދޮންފަނު – ގޮއިދޫ (18 ޑިސެމްބަރު، ހޯމަ 16:00)
އޭދަފުށި – ދަރަވަންދޫ (19 ޑިސެމްބަރު، އަންގާރަ 16:00)
ކިހާދޫ – ގޮއިދޫ (20 ޑިސެމްބަރު، ބުދަ 16:00)
ދޮންފަނު – ދަރަވަންދޫ (21 ޑިސެމްބަރު، ބުރާސްފަތި 16:00)
އޭދަފުށި – ގޮއިދޫ (22 ޑިސެމްބަރު، ހުކުރު 16:00)
ކިހާދޫ – ދަރަވަންދޫ (23 ޑިސެމްބަރު، ހޮނިހިރު 16:00)
އޭދަފުށި – ދޮންފަނު (24 ޑިސެމްބަރު، އާދީއްތަ 16:00)

މުބާރާތް ކުރިއަށްދާނީ ޕޮއިންޓް ސިސްޓަމަށް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ 4 ޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ. ފުރަތަމަ ސެމީގައި ބައްދަލުކުރާނީ އެއް ވަނަ ޓީމާއި ހަތަރު ވަނަ ޓީމެވެ. ދެވަނަ ސެމީން ޖާގަ ލިބޭނީ ދެވަނަ ޓީމާއި ތިންވަނަ ޓީމަކަށެވެ.
ސެމީ ފައިނަލުގެ މެޗުތައް އޮންނާނީ ޑިސެމްބަރު 26 އަދި 27 ގައެވެ. ފައިނަލް މެޗު އޮންނާނީ ޑިސެމްބަރު 29 ވަނަ ދުވަހު ހަވީރެވެ.

ދޮންފަނު އިންވިޓޭޝަން ކަޕަކީ މިދިޔަ އަހަރުން ފެށިގެން ބ.އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވަމުން އަންނަ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތެކެވެ. މިއީ، ދޮންފަނުގައި މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.