ޒުވާން ގޯލްކީޕަރު ވިޝާން ގްރީން ސްޓްރީޓް އަށް

ވިޝާން ޢަބްދުލް މަޖީދު

ހިތާދޫއަށް އުފަން ޒުވާން ގޯލްކީޕަރު ވިޝާން އަބުދުލް މަޖީދް (ވިތަޅޭ) ގްރީން ސްޓްރީޓްސް އަށް ދެއަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފި އެވެ.

މިދިޔަ އަހަރުުން ފެށިގެން ގްރީން ގެ ފަރިތަކުރުން ތަކުގައި ވިޝާން އަންނަނީ ބައިވެރިވަމުންނެވެ.

ވިޝާން ގެ ފަހުގެ ކާމިޔާބީ ތަކުގެ ތެރޭގައި ހިތާދޫ ޔޫތް ކަޕް 2016 އާއި 2017 ޗެންޕިއަން ކަން ހޯދި ބަރާބަރު ޓީމްގެ ގޯލް ބެލެހެއްޓުމާއި، 2016 ވަނަ އަހަރު ބޭއްވި އެފް އޭ އެމް ޔޫތް ޗެމްޕިއަންޝިޕް ގައި ނިއުރޭޑިއަންޓް ގެ ކެޕްޓަން ކަން ކުރުމާއި ތިންވަނަ ޑިވިޝަންގައި ހުރާ ޓީމް ސެމީއަށް ދިޔަ އިރު ގޯލް ބެލެހެއްޓްމާއި، މިނިވަން 50 ގައި ހިތާދޫ ޓީމް ގޯލް ބެލެހެއްޓުން ފާހަގަ ކޮށްލެވެ އެވެ.

މިއަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގްރީނުން ވަނީ ތަޖުރިބާކާރު ކޯޗް ސުޒޭން ގެނަސްފައެވެ. އޭގެ އިތުރުން މިޑްފީލްޑަރ އަހުމަދު ނިޔާޒް(ނިޔާ) އާއި އަޑުބަރޭ އާއި ހަސަން އަބްދުﷲ (އުޗީ) އާއި މިދިޔަ އަހަރު ގދ ތިނަދޫ އަށް ކުޅުނު ރިސްވާން (ފުކޭ) ވެސް ވަނީ އެޓީމަށް ގެނަސް ފައެވެ. ބިދޭސީ ހަތަރު ކުޅުންތެރިން ޓީމް އަށް ގެންނާނެ ކަމަށް ގްރީން އިން ބުނެއެވެ.

މިއީ ވިޝާން ފަސްޓް ޑިވިޝަން ޓީމް އެއްގައި ހިމެނުނު ފުރަތަމަ ފަހަރުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.