ޔުނައިޓެޑްގެ ޑިފެންޑަރު ސްމޯލިން ސޮނޭވާފުށީގައި

ޔުނައިޓެޑްގެ ޑިފެންޑަރު ސްމޯލިން . އޭނާ މިހާރު އަންނަނީ ސޮނެވާފުށީގައި ޗުއްޓީ ހޭދަކުރަމުން

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ އިނގިރޭސި ޑިފެންޑަރު ކްރިސް ސްމޯލިންގ މިއަތޮޅު ސޮނޭވާފުށީގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

“އީޓީ” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސްމޯލިން އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަން އައިސްފައިވަނީ މިދިޔަ ހަފްތާ ތެރޭގަ އެވެ.

އުމުރުން 28 އަހަރުގެ ކްރިސް ސްމޯލިންގ އަކީ ޔުނައިޓެޑާއި އިންގްލެންޑްގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. އޭނާ ވަނީ 200 އަށްވުރެ ގިނަ މެޗު ޔުނައިޓެޑަށް ކުޅެދީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ޔުނައިޓެޑަށް 2010 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ސްމޯލިންގ ވަނީ އެޓީމާއެކު އިނގިރޭސިވިލާތުގެ ހުރިހާ މުބާރާތެއްވެސް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން މިދިޔަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބު ކުރި ޔުނައިޓެޑް ޓީމުގައިވެސް އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އިނގިރޭސި ގައުމީ ޓީމާއެކު ސްމޯލިންގ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯގައިވެސް ކުޅެފައެވެ. ސްމޯލިންގ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު މިއީ ވޯލްޑްކަޕަށް ތައްޔާރުވާ ގިނަ ގައުމު ތަކަކުން ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅޭ ދުވަސްވަރެކެވެ. ނަމަވެސް ކްލަބުން ލިބޭ ޗުއްޓީގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އަބަދުވެސް ރާއްޖެ އާދެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.