ޔޫތު ޗެމްޕިއަންޝިޕުގައި އޭދަފުށިން ބައިވެރިވެއްޖެ

އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި ފުރަތަމަ ފަހަރަށް ބ. އޭދަފުށިން ބައިވެރިވެއްޖެ އެވެ.

އެފްއޭއެމް އިން ބުނިގޮތުގައި ގިނަވެގެން 10 ޓީމަށް ވާދަކުރެވޭ މި މުބާރާތުގައި ޖުމްލަ 12 ޓީމު ބައިވެރިވެފައިވާ ކަމަށެވެ. އެއީ ފުރަތަމަ ޑިވިޝަންގައި މިހާރު އޮތް އަށް ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓަރީ އާއި ވެލެންސިއާ އާއި ވީބީ އައްޑޫ އެފްސީ އާއި ކްލަބް އީގަލްސް އާއި މާޒިޔާ އާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަދި ބީޖީ ސްޕޯޓްސްގެ އިތުރުން މިފަހަރުގެ ތިން ވަނަޑިވިޒަންގެ ފައިނަލްގައި ކުޅުނު ކްލަބް ގްރީންސްޓްރީޓެވެ. އަދި އަތޮޅު ތެރެއިން އޭދަފުށީގެ އިތުރުން ހއ. ކެލާ ނާޅި ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.

އެފްއޭއެމް އިން ބުނީ، ޖުމްލަ 10 ޓީމަށް ބައިވެރި ވެވޭގޮތަށް ހަދާފައިވާ ގަވާއިދުގެ މަތިން، ފޯމް ހުށަހެޅި ފަސްޓު ޑިވިޒަންގެ އަށް ޓީމަށް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު އޮތް އިރު، 10 ޓީމް ހަމަ ކުރުމަށް ނަގާ ދެ ޓީމުގެ ތެރެއިން ފުރުސަތު ލިބޭނީ އަތޮޅު ތެރެއިން ބައިވެރިވި ތިން ޓީމުގެ ތެރެއިން ގައިވާއިދުގައި ބުނެފައިވާ ގޮތަށް އެންމެ ރަނގަޅު ދެ ޓީމަށް ކަމަށެވެ.

މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ވިކްޓަރީ އެވެ. އެގޮތުން ވިކްޓަރީ މުބާރާތުގެ ޗެމްޕިއަންކަން އެފަރު ހޯދީ އީގަލްސް އަތުން 3-2 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.