އޭދަފުއްޓާއި ހިތާދޫގެ ވާދަވެރި ކުރިމަތިލުން މިރޭ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ބުރުގައި މިރޭ އޭދަފުއްޓާއި ހިތާދޫ ވާދަކުރާނެއެވެ. ބ. އަތޮޅުން ހަތަރު ޓީމެއް މުބާރާތުގައި ބައިވެރިވެފައިވާއިރު ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ތުޅާދޫ އަދި ކުޑަރިކިލެވެ.

މިރޭ ކުޅެވޭ ފުރަތަމަ މެޗުގައި 8 ޖަހާއިރު ތުޅާދޫ އަދި ކުޑަރިކިލު ކުޅޭއިރު އޭދަފުއްޓާއި ހިތާދޫ ބައްދަލުކުރާ މެޗު ފަށާނީ 9 ޖަހާއިރުއެވެ. ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މުބާރާތް ކުރިއަށްދާ މާފަންނު މިނީ ގްރައުންޑް ގައެވެ.

މުބާރާތުގައި މިހާތަނަށް ކޮންމެ ޓީމެއް އެއްމެޗު ކުޅެފައިވާއިރު އޭދަފުއްޓާއި ހިތާދޫ ވަނީ ކުޅުނު މެޗުތަކުން މޮޅުވެފައެވެ. މުބާރާތް ހުޅުވި މެޗުގައި ހިތާދޫ ޓީމުން ކުޑަރިކިލު ބަލިކުރީ 7-1 ގެ ނަތީޖާއަކުންމެވެ. އޭދަފުށީގެ ފުރަތަމަ މެޗުގައި އެޓީމު ވަނީ 3-1 އިން މިދިޔަ އަހަރުގެ އަތޮޅު ޗެމްޕިއަން ތުޅާދޫ ބަލިކޮށްފައެވެ.

ހިތާދޫ އަކީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މުބާރާތް ކާމިޔާބު ކުރި ޓީމެވެ. އެޓީމުން 2015 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކުރިފަހުން ވޭތުވެދިޔަ ދެ އަހަރު މާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ. މިދިޔަ އަހަރު އެޓީމު މުބާރާތުން ކެޓީ އަތޮޅު ޗެމްޕިއަންކަން ހޯދި ތުޅާދޫ އަތުން ބަލިވެގެންނެވެ. ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ ހިތާދޫ އަކީ ފުޓްސަލްގައި ފާހަގަ ކޮށްލެވޭ ރަށެކެވެ.

މި މުބާރާތުގައި އޭދަފުށި ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. އޭދަފުއްޓާއި ހިތާދޫއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް އަތޮޅު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބޮޑެވެގެންދާނެއެވެ. މުބާރާތުގެ ޒޯން ކޮލިފައިވާނީ ލީގު އުސޫލުން ކުޅެ އެންމެ ކުރީގަ އޮންނަ ޓީމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.