އޭދަފުށީގައި މިހާރު ކުރިއަށްދާ އިންޓަ އޮފީސް ބެޑްމިންޓަން ލީގުގެ ފައިނަލުން ބ. އަތޮޅު ތައުލީމީ މަރުކަޒާއި ބީއެމްއެލްގެ ކޮމްބައިން ޓީމް ޖާގަ ހޯދައިފި އެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން ބ. އަތޮޅު ތައުލީމީ މަރުކަޒު ފައިނަލުން ޖާގަ ހޯދީ މިރޭ ކުޅުނު މެޗުން ބ. އަތޮޅު ހޮސްޕިޓަލު ބަލިކުރުމަށް ފަހު އެވެ. ޓައިގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު އެ ޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.
ބީއެމްއެލް/އުރީދޫ/ބަޔޮސްފިއާ ކޮމްބައިން ޓީމު ފައިނަލުން ޖާގަ ހޯދީ ޓައިގައި ކުޅުނު ހަތް ސެޓްގެ ތެރެއިން ހަތަރު ސެޓް ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ރެ އެވެ.