މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ އަޕްޑޭޓް ތައް މޮބައިލުން ދިރާގު ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް ބެއްލެވުމަށް އިތުރު ޑޭޓާ ލިބޭ ޚާއްސަ ޕެކޭޖެއް، ދިރާގުން ތަޢާރަފްކޮށްފި އެވެ.
ދިރާގުން ބުނި ގޮތުގައި “އިންތިޚާބު ޕެކް” މި ނަމުގައި މި ޑޭޓާ ޕެކް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުން އަދި ދިރާގު އައު ޕްރީޕެއިޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއި އެކު ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށްވެސް ހޯއްދެވޭނެއެވެ. 10ޖީބީ ހިމެނޭ މި “އިންތިޚާބު ޕެކް” ގެ އަގަކީ 225 ރުފިޔާ އެވެ.
“އިންތިޚާބު ޕެކް” ހޯއްދެވުމަށް ކަސްޓަމަރުން އެސްއެމްއެސް ފޮނުއްވާނީ “ADD E10GB” ޖައްސަވާފައި 343 އަށެވެ.
ދިރާގުން ބުނިގޮތުގައި މި ޑޭޓާ ޕެކް އެކްޓިވޭޓް ކުރެއްވޭނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ. އަދި އެކްޓިވޭޓް ކުރައްވާ ދުވަހުން ފެށިގެން 5 ދުވަސް ވަންދެން ބޭނުން ކުރެއްވޭނެ އެވެ.
ދިރާގުން ބުނިގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންވާ ހިދުމަތްތައް ލުއިފަސޭހަކޮށްދީ އަދި އެންމެ ހެޔޮ އަގުގައި ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ.