ހެނދުނުގެ ނާސްތާ ދިނުމަށް އެންމެ އައުލާކަންބޮޑީ މި ކުދިންނަކަށް ނޫންތަ؟

ގޮއިދޫ ސްކޫލުގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި[/caption]

ހެނދުނު ނާސްތާ ދިނުމުގެ ޕްރޮގްރާމް މިއަދު 25 ސްކޫލެއްގައި ވަނީ ފަށާފައެވެ. ނަމަވެސް ސުވާލަކީ ނާސްތާ މި ދެވެނީ އެކަމަށް އެންމެ އެކަށީގެންވާ ސްކޫލުތަކުގެ ދަރިވަރުންނަށް ތޯއެވެ؟ ސަރުކާރުގެ ސިޔާސީ ވަޢުދެއް ފުއްދުމުގެ ނިޔަތުގައި އެއްވެސް ކުއްޖެއް ބާކީ ނުކުރާނެ ކަމަށް ބުނެ ފެށި ޕްރޮގްރާމުން އެކަމަށް އެންމެ އިސްކަމެއް ދޭންޖެހޭ ކުދިންތަކެއް މިވަނީ ވަރަށް ބޮޑަށް ބާކީ ކުރެވިފަ އެވެ.

ހަމައެކަނި ސިޔާސީ މަގުސަދެއް ފުއްދުމަށްޓަކައި ފެށި ނަމަވެސް މިފަދަ ކަމެއް ފެށިއިރު އެކަށީގެންވާ ދިރާސާ އެއްވެސް ކުރައްވަން ޖެހެއެވެ. ހުރިހާ ކަމެއް ސިޔާސީ ނުފޫޒުގެ ތެރެއަށް ވަންނަމުންދާއިރު މި ކަމަކީވެސް އެފަދަ ކަމެއްބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ. ރަގަޅަށް ބައްލަވައި ދިރާސާ ކުރެއްވި ނަމަ ނުވަތަ ސިޔާސީ ނުފޫޒެއް ނެތް ނަމަ  ބ. އަތޮޅުގައި ހެނދުނުގެ ނާސްތާ ދިނުމަށް އެންމެ އައުލާކަން ބޮޑީ ގޮއިދޫ ސްކޫލުގެ ދަރިވަރުންނަށް ކަން އެނގި ނުލައްވާނެ ނުވަތަ ވިސްނި ވަޑައި ނުގަންނަވާނެ މިނިސްޓަރަކު، ނުވަތަ ޑެޕިއުޓީ މިނިސްޓަރަކު ހުންނަވާނެ ހެން އަޅުގަނޑަކަށް ހިޔެއް ނުވެ އެވެ.

ގޮއިދޫ ސްކޫލަކީ ހަމައެކަނި ގޮއިދޫ ސްކޫލުކުދިން ކިޔަވަންދާ ސްކޫލެއް ނޫނެވެ. ފެހެންދޫގެ 24 ކުދިން މިފަހަރު ގޮއިދޫ ސްކޫލަށް ކިޔަވަން ދެ އެވެ.  އެހެން ސްކޫލުތަކުގެ ކުދިން 6:45 އަކަށް ސްކޫލަށް ދާއިރު މި ކުދިން ސްކޫލަށް ދިއުމަށްޓަކައި 6 ޖަހާއިރު ފުރައެވެ. ދިރި އުޅޭ ރަށް ނޫން އެހެން ރަށެއްގެ ސްކޫލުގައި ކިޔަވާ ކުދިން ތަކެއް މިހާ ފަތިހާ ސްކޫލަށް ދާއިރު މިކުދިންގެ އިންޓަވަލް ދިނުން އޮންނަނީ ކިހިނެތްތޯ އެޑިޔުކޭޝަން މިނިސްޓަރަށް މީ އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލެކެވެ. އެގި ނުލައްވާ ނަމަ ދަންނަވަމެވެ. އެހެން ސްކޫލު ތަކުގެ ކުދިންނަށް އިންޓަރވަލް އަށް ގެއަށް ދެވެއެވެ. ނަމަވެސް މިކުދިންގެ މައިންބަފައިން ކޮންމެ ދުވަހަކު އިންޓަވަލް ދޭން ރަށުން ފުރައިގެން އަނެއްކާ ވެސް ގޮއިދުއަށް ދަނީ އެވެ. މީ ކިހާވަރެއްގެ ތަކުލީފެއްކަން މިހެން ލިޔާ ލިޔުމަކުން އެއްވެސް ބޭފުޅަކަށް އެނގި ނުލައްވާނެއެވެ.

އަޅުގަނޑު މި ލިޔުން ލިޔުމުގެ ބޭނުމަކީ  އެޑިޔުކޭޝަން މިނިސްޓަރު ނުވަތަ ސަރުކާރު  ކުށްވެރި ކުރުމެއް ނޫނެވެ. ނަމަވެސް ހެނދުނުގެ ނާސްތާއަށް މިއަށްވުރެ ބޮޑަށް ބޭނުން ޖެހިފައިވާ ސްކޫލެއް ނެތްކަން  އަޅުގަނޑަށް ގަބޫލުކުރެވޭތީ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.