ބ. ދަރަވަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަގާމަށް ބޭފުޅަކު ޢައްޔަންކޮށް ފަތްކޮޅު ޙަވާލު ކޮށްފިއެވެ.
މި މަގާމަށް ޢައްޔަން ކުރައްވާފައިވަނީ ރ. ހުޅުދުއްފާރު އިލާޒާ އަލްއުސްތާޛު މުޙައްމަދު ޒާހިދެވެ.
ޖުޑީޝަލް ސާރވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި، ފަނޑިޔާރު ކަމުގެ ހުވާ ލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ.
ހުވާ ކުރެއްވުމާ އެކު ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވަނީ ފަނޑިޔާރު ކަމުގެ ފަތްކޮޅު އަރވާފައެވެ.
ދަރަވަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަގާމަށް ޢައްޔަން ކުރެވުނު އަލްއުސްތާޛު މުޙައްމަދު ޒާހިދު މިހާތަނަށް ހުންނެވީ އެޓާރނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓާރނީގެ މަގާމުގަ އެވެ.
މިރަސްމިއްޔާތުގައި ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲގެ އިތުރުން އެ ކޮމިޝަނުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މަރުހަބާ