ދަރަވަންދޫ އެއާޕޯޓުގައި ސީއައިޕީ ލައުންޖެއް ހުޅުވައިފި

ދަރަވަންދޫ އެއަރޕޯޓުގައި ހުޅުވި ލައުންޖު. ފޮޓޯ: އައިއޭއެސް
ދަރަވަންދޫ އެއަރޕޯޓުގައި ހުޅުވި ލައުންޖު. ފޮޓޯ: އައިއޭއެސް

 

މިއަތޮޅު ދަރަވަންދޫ އެއަރޕޯޓުގައި 44 މީހުންގެ ޖާގައިގެ ސީއައިޕީ ލައުންޖެއް އައިލެންޑް އޭވިއޭޝަނުން ހުޅުވައިފި އެވެ.

އައިލެންޑް އޭވިއޭޝަނުން މެނޭޖްކުރާ ބ. ދަރަވަންދޫ އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލައުންޖު ހުޅުވާދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙުސައިން ޖަލީލް އެވެ.

ދަރަވަންދޫ އެއަރޕޯޓުގައި މިހުޅުވުނު ލައުންޖުގެ ސަބަބުން އެއަރޕޯޓު ބޭނުން ކުރާ މީހުންނަށް ފަސޭހަވެގެންދާނެ ކަމަށް އައިއޭއެސް އިން މަޢުލޫމާތު ދެއްވައެވެ.

މި ލައުންޖު ބޭނުން ކުރުމަށް ޗާޖެއް ނަގާ އިރު، ދިވެއްސެއްގެ އަތުން ނަގާނީ ޖީއެސްޓި ނުލާ 100ރ. ކަމަށް އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިން ޢަލީ ނަޝާތު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ” މިތަނުން ކޯކް ފަދަ ލުއި ބުއިންތައް ލިބެން ހުންނާނެ ” ކަމަށާއި ” ދިގު ދަތުރު ކޮއްފައި އަންނަ މީހުން ރެސްޓު ކޮއްލަން ވަރަށް އެކަށީގެންވާ ތަނެއް ” ކަމަށެވެ.

މީގެ އިތުރުން ދަރަވަންދޫ އެއަރޕޯޓުގައި ރެސްޓޯރެންޓަކާއި ފިހާރަތަކެއް ހެދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރަވަންދޫ އެއަރޕޯޓަކީ މާލެ ފިޔަވައި އެންމެ ގިނަ ބޯޓު ޖައްސާ އެއަރޕޯޓެވެ. މި އެއަރޕޯޓަށް ދުވާލަކު 7 ފްލައިޓް ޖައްސަ އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.