ގޮއިދޫގައި ފެނާއި ނަރުދަމާ ގާއިމުކުރަން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފި

ބ. ގޮއިދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މާލެ ވޯޓަ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ގޮއިދޫގެ އިތުރުން ރ. ކިނޮޅަހާއި ނ. ކުޑަފަރި އަދި ނ. މާޅެންދޫގައި ވެސް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ފެން ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.

މަޝްރޫއުތަކުގައި ފެން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ އެ ތަނުގެ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގެވެ.

މި މަޝްރޫއުތަކުގެ ތެރެއިން ގޮއިދޫގައި ފެނާއި ނަރުދަމާ އެޅުމަށް 46 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެ އެވެ. އެ މަސައްކަތް ފެން ކުންފުންޏާ ހަވާލު ކުރީ 22 މަސް ދުވަހުން ނިންމާ ގޮތަށެވެ.

އެމްޑަބްލިއުއެސްސީ އިން ކުރާ ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމެއް ޑިޒައިން ކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމުގެ ވިއުގައެއް އެޅުމާއި އާރުއޯ ޕްލާންޓަކާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި ގޭގެ އަށް ފެނާއި ނަރުދަމާ ގުޅައިދިނުން ހިމެނޭ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.