މިދިޔަ މަހު ބ. އަތޮޅުން އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރިސޯޓަކަށް އަނަންތަރާ

އަނަންތަރާ ކިހަވައް ވިލާސް

މިދިޔަ އޯގަސްޓް މަހު ބ. އަތޮޅުން އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރިސޯޓަކަށް އަނަންތަރާ ކިހަވައް ވިލާސް ވެއްޖެ އެވެ. އެ ރިސޯޓު ވަނީ މިދިޔަ ޖޫން މަހުވެސް ބ. އަތޮޅުން އެންމެ ގިނައިން ސާވިސް ޗާޖް ދިން ރިސޯޓުތަކުގެ ލިސްޓުގެ އެއް ވަނަ އަށް އަރައިފަ އެވެ.

މިދިޔަ މަސް ނިމުނު އިރު އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި 829.52 ޑޮލަރު (12،791ރ) ދީފައިވެ އެވެ. މިއީ ޖުލައި މަހު އެ ރިސޯޓުން ދިން ސާވިސް ޗާޖަށް ވުރެ3035ރ. ބޮޑު އަދަދެކެވެ. ޖުލައި މަހު އަނަންތަރާ އިން ދިނީ 632.68 ޑޮލަރު (9,755.93ރ) އެވެ.

ބ. އަތޮޅުން ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ އޭގެ ކުރީމަހު އެއް ވަނަގައި އޮތް ޑުސިތު ތާނީ މޯލްޑިވްސް ރިސޯޓުންނެވެ. މިއީ މިދިޔަ ޖޫން މަހާ އަޅާބަލާއިރު 1372ރ. ގެ ކުރިއެރުމެކެވެ. ޖުލައި މަހު ބޮލަކަށް 690.00 ޑޮލަރު (10,639.80ރުފިޔާ) ސާވިސް ޗާޖުގެ ގޮތުގައި ބަހާފައިވާއިރު މިދިޔަ މަހު ބަހާފައި ވަނީ ބޮލަކަށް ބޮލަކަށް 779.00 (12,012.18ރުފިޔާ) އެވެ.

ޖުލައި މަހު ބ. އަތޮޅުން ތިން ވަނައަށް އެންމެ ގިނައިން ސާވިސް ޗާޖު ބެހި ފޯސީޒަންސް ލަނޑާގިރާވަރު މިދިޔަ މަހު ވެސް އުޅެނީ ލިސްޓްގެ ތިން ވަނައިގަ އެވެ. ނަމަވެސް ސާވިސް ޗާޖުގެ ގޮތުގައި ބެހި އަދަދު ވަނީ އިތުރުވެފަ އެވެ. ޖުލައި މަހު ސާވިސް ޗާޖުގެ ގޮތުގައި 564.66 ޑޮލަރު (8,707.06ރ.) ބަހާފައިވާއިރު މިދިޔަ މަހު އެ ރިސޯޓުން ބަހާފައިވަނީ 667.93 ޑޮލަރު (10,299.48ރ.) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.