
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިންޓަ ހައުސް ނެޓްބޯޅަ މުބާރާތުގެ ސީނިއާ ގްރޫޕުގެ ޗެމްޕިއަންކަން ވައިލެޓް ހައުސް އަދި ޖޫނިއާ ގްރޫޕުގެ ޗެމްޕިއަންކަން ރެޑް ހައުސް ހޯދައިފި އެވެ.
ސީނިއާ ގްރޫޕުގެ ޗެމްޕިއަންކަން ބްލޫ ހައުސް ހޯދީ އިއްޔެ ހަވީރު ފައިނަލުގައި ރެޑް ހައުސް އަތުން މޮޅުވެގެންނެވެ. ރެޑްހައުސް ޖޫނިއާ ގްރޫޕުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މިއަހަރުވެސް ބްލޫ ހައުސް އަތުން މޮޅުވެގެންނެވެ
މި މުބާރާތުގެ ސީނިއާ ގުރޫޕްގެ ކުއީން އޮފް ދަ ޓޯނަމެންޓްގެ މަގާމަށް ހޮވުނީ ވައިލެޓް ހައުސްގެ ޒުބާނާ އިބްރާހީމެވެ. އަދި ޖޫނިއާ ގްރޫޕުގެ ކްއީން އޮފް ދަ ޓޯނަމެންޓްގެ މަގާމަށް ހޮވުނީ ރެޑް ހައުސް ފާތުމަތު ފައިހާ އެވެ.
ސީނިއާ ގްރޫޕުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޒުބާނާގެ އިތުރުން ބްލޫހައުސްގެ މާޝާ އަބްދުލް ހަންނާނު އާއި ރެޑް ހައުސްގެ ޖޫދާ ހާމިދު އާއި ނޫރުލް ހުދާ އަހްމަދުގެ އިތުރުން ވައިލެޓް ހައުސްގެ ނަހުވާ އިބްރާހިމް ރަޝީދެވެ.
ޖޫނިއާ ގްރޫޕުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ފައިހާގެ އިތުރު ބްލޫހައުސްގެ އަފާ އަބްދުއްރަހީމާއި ރެލޯ ހައުސްގެ ހިޝްމާ ހަސަން އާއި މާޔާ ނިޔާޒުގެ އިތުރުން ރެޑް ހައުސްގެ ހިނާ ހަމްދީ އެވެ.
ފައިނަލް މެޗަށްފަހު ދެ ގްރޫޕުގެ ޗެމްޕިއަން ޓީމަށާއި މަގާމުތަކަށް ހޮވުނު ކުދިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތް ކުރައްވާ ވޮލަންޓިއާ ޖެކީ އާއީ ޕީޓީއޭ ގެ ނައިބް ރައީސާ ރާނީ އަހްމަދު ނާޝިދު އެވެ.
މަރުހަބާ ދެޓީމަށްވެސް