
ބ. އެޓޯލް ފުޓްބޯލް ޗެލެންޖްގެ ގްރޫޕް އޭ ގައި އޭދަފުށި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.
މި މުބާރާތުގައި މިއަހަރު އަލަށް ބައިވެރިވި ކެންދޫ އާ ދެކޮޅަށް މިއަދު ހަވީރު ކުޅުނު މެޗު އޭދަފުށި ކާމިޔާބުކުރީ 2- 1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ނިމެން ދިހަވަރަކަށް މިނެޓަށް ވެފައި ވަނިކޮށް އޭދަފުށީ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުލް މަޖީދު (މަޖިއްޓޭ) އެވެ. އޭގެ ފަހުން ކެންދޫ އަށް ނަތީޖާ ހަމަހަމަވީ ފުރަތަމަ ހާފު ނިމެނިކޮށް އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭދަފުއްޓަށް ތިން ޕޮއިންޓް ކަށަވަރުވީ ފަހު ހާފުގައި މަޖިއްޓޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ މާޅޮހާއި ފެހެންދޫ އެވެ. ގްރޫޕް ބީ ގައި ހިމެނެނީ ކުޑަރިކިލު އާއި ދޮންފަނު އާއި ދަރަވަންދޫ އަދި ގޮއިދޫ އެވެ.
މި މުބާރާތުގެ ގްރޫޕް ބީ ގެ ދެ މެޗު މާދަމާ ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި މާދަމާ މެންދުރު 1:30 ގައި ބައްދަލުކުރާނީ ކުޑަރިކިލު އާއި ދޮންފަން އެވެ. ދެވަނަ މެޗުގައި ހަވީރު 4:00 ގައި ދަރަވަންދޫ އާއި ދެކޮޅަށް ނުކުންނާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ އެވެ.
ކެންދޫ މި މުބާރާތް ކާމިޔާބު ކުރާނެ.
އަހަރެންގެ ވަރަށް ދެކެން ބޭނުން މި މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ކުޅެވޭތަން. މުޅި ރާއްޖެއިން އެގޮތަށް ކުޅެވޭ ފުރަތަމަ މުބާރާތަށް މި މުބާރާތް ވެއްޖެ ނަމަ އަދި އެއަށްވުރެ ވެސް އުފާ ވާނެ.
އަތޮޅުގެ ދެކޮޅު ދެ ގްރޫޕަކަށް ބަހާލައިގެން ވެސް ކުޅެވިދާނެ، މުޅި އަތޮޅު އެއްކޮށްލައިގެން ކުޅެންޏާ ޚަރަދު ބޮޑުވާނެކަމަށް ބެލެވޭނަމަ. އަހަރެން ބޮޑަށް ތާޢީދުކުރަނީވެސް މިގޮތަށް ދެބަޔަކަށް ބަހާލައިގެން ކުޅެން. އޭރުން އިންނާނީ މިގޮތަށް؛
އެއްގުރޫޕްގައި؛ ކުޑަރިކިލު، ކެންދޫ، ކަމަދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ އަދި މާޅޮސް (7 ޓީމް)
އަނެއް ގްރޫޕްގައި؛ އޭދަފުށި، ހިތާދޫ، ތުޅާދޫ، ގޮއިދޫ، ފެހެންދޫ އަދި ފުޅަދޫ (6 ޓީމް)
ފައިނަލް ކުޅެވިދާނެ ކުރިން ކަނޑައަޅާ ރަށެއްގައި ނޫނީ ފައިނަލައްދާ ދެރަށުންކުރެ ރަށަކުވެސް. މިފަދަ ގޮތަކަށް ކުޅެފިއްޔާ މުބާރާތުގެ ފޯރި ވަރަށް ގަވަދެގެން ދާނެ ކަމަށް ބެލެވޭ.
ސާބަސް!!!!!!!!!
ސާބަސް! ތިގޮތަށް ހުރިހާމެޗެއްވެސް ކާމިޔާބުކުރެވޭތޯ ބަލާ!