ސީއެސްސީގެ ނާއިބު ރައީސް ބ. އަތޮޅުގައި

 

ރާއްޖޭގެ އަތޮޅުތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުންނާ ބައްދަލުކުރުމުގެ މަގުޞަދުގައި ސިވިލް ސާވިސް ކޮމިޝަނުގެ ނާއިބު ރައީސް އަޙްމަދު ޙަސަން ދީދީ ފައްޓަވާފައިވާ ދަތުރުފުޅުގައި ބ. އަތޮޅަށް ޒިޔާރަތް ކުރައްވައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނިގޮތުގައި ޑިސެމްބަރު މަހުގެ 15 އިން 19 އަށް ކުރައްވާ މި ދަތުރުފުޅުގައި ބ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުން ތަކުގައި ނާއިބު ރައީސް އަޙްމަދު ޙަސަން ދީދީ އެކި އެކި އިންތިޚާބު ތަކުގައި ސިވިލް ސާވިސް މުވައްޒަފުންގެ އަމަލުތައް ބަހައްޓަން ޖެހޭ ގޮތްތަކާއި، ރައްޔިތުންގެ އިތުބާރު ހޯދައި މަދަނީ ޚިދުމަތް ދިނުމުގައި އަމަލުތައް ބަހައްޓަން ޖެހޭ ގޮތާއި، އަބުރުވެރި ބައެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

އެގޮތުން ސިވިލް ސަރވިސްގެ ވަޒީފާތައް އަދާކުރަމުންގެންދާ މުވައްޒަފުންގެ ވަކި ޚާއްސަ ސިފަ ތަކެއް ހުންނަން ވާނެކަމަށާއި، އެ ސިފަތައް ދެމެހެއްޓުމަށްޓަކައި ބޭނުންވާ ފަންނީ ތަމްރީން ތައް ހޯދައިދިނުމާ ގުޅޭގޮތުން ވެސް ނާއިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

ރައްޔިތުން އިންތިޚާބު ކުރާ ކައުންސިލަރުންނާއި ގުޅިގެން ނަތީޖާ ނެރެވޭނެ ގޮތަށް މަސައްކަތް ކުރުމުގެ ޤާބިލްކަން ކޮންމެ ސިވިލް ސަރވިސް މުވައްޒަފެއްގެ ގައިގަވެސް ހުންނަން ޖެހޭނެ ކަމަށާއި، އަދި މިގޮތަށް މަސައްކަތް ކުރާއިރު ސިވިލް ސަރވިސް ގެ ވެލިއުޒް ތައް ދެމެހެއްޓުމަށް މަސައްކަތްކުރުމަށްވެސް މި ބައްދަލުވުން ތަކުގައި ނާއިބު ރައީސް އަޙްމަދު ހަސަން ދީދީ އެދިވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.