ހުއިފިލަނޑާ ނަގަން ފީނި ދެ މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް ފެނިއްޖެ

ގެއްލިގެން ހޯދި ދެ މީހުން ރޯޔަލް އައިލެންޑް ރިސޯޓުގެ ލޯންޗަކަށް ނަގާފައި-- ސަން ފޮޓޯ: ކިޔުންތެރިއެއް
ގެއްލިގެން ހޯދި ދެ މީހުން ރޯޔަލް އައިލެންޑް ރިސޯޓުގެ ލޯންޗަކަށް ނަގާފައި– ސަން ފޮޓޯ: ކިޔުންތެރިއެއް

ބ. އަތޮޅު ރާޅުގަނޑަށް ހުއިފިލަނޑާ ނަގަން ފީނި ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެންދޫ ކައިރިން ފެނިއްޖެ އެވެ.

ފުލުހުން ބުނީ މަޑުއްވަރި “ކުރިއަށް ކުރިއަށް” ނަމަކަށް ކިޔާ ދޯންނަކުން ބ. އަތޮޅު ރާޅުގަނޑަށް ހުއިފިލަނޑާ ނަގަން ފީނި މީހުންގެ ތެރެއިން ދެ މީހަކު މިއަދު ހެނދުނު ގެއްލިގެން ފުލުހުންނަށް ހުށަހެޅީ މިއަދު މެންދުރު 12:00 އެހާކަންހާއިރު ކަމަށެވެ. އެ ދެ މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ އެ ދެ މީހުންނަކީ 27 އަހަރާއި 30 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

އެ ދެ މީހުން ގެއްލުނު ކަމުގެ މަޢުލޫމާތު ލިބުމާއެކު ބ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ބ. އަތޮޅު ކައުންސިލާއި ބ. އަތޮޅުގެ ރިސޯޓްތައް ގުޅިގެން ކުރި މަސައްކަތުން އެ މީހުން ފެނިފައި ވަނީ މިއަދު މެންދުރުފަހު 2:00 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުން ނެގީ ރޯޔަލް އައިލެންޑްގެ ލޯންޗަކަށެވެ.

ފުލުހުން ބުނީ އެ މީހުން ހޯދުމުގެ މަސައްކަތުގައި ރޯޔަލް އައިލެންޑް ރިސޯޓްގެ އިތުރުން އަނަންތާރާ އާއި ދުސި ތާނީ އިންވެސް ވަރަށްބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ މައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.