މަގުމަތީ ބައްތިތައް ލެޑް ލައިޓަށް ބަދަލު ކުރަނީ

32781471

ސަރުކާރުން ކުރިއަށް ގެންދާ “ފަހި އަލި” ޕްރޮގްރާމްގެ ދަށުން ބ. އޭދަފުށީ މަގުމަތީ ބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވީ ރަށްރަށުގެ ބަނދަރުތަކާއި މަގުމަތީ ބައްތިތައް ތިމާވެށްޓާ ރައްޓެހި އެއްޗިއްސަށް ހެދުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން އޭދަފުށީ މަގުމަތީ ބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުމުގެ މަސައްކަތް މިދިޔަ ހަފްތާތެރޭ ފަށާފައިވާ ކަމަށެވެ. މި ލައިޓްތައް “ފަހި އަލި” ޕްރޮގްރާމް ދަށުން ކައުންސިލާ ހަވާލުކުރީ އެންވަޔަރަމަންޓް މިނިސްޓްރީންނެވެ.

ކައުންސިލުން ބުނީ މިނިސްޓްރީން ދީފައި ވަނީ 3 ވޮޓްގެ 200 ލައިޓް ކަމަށެވެ.

ލެޑް ލައިޓްތަކަށް ބަދަލުކުރުމުން މިހާރު ލައިޓްތަކަށް ދާ ކަރަންޓް ހަރަދުގެ 50 ޕަސެންޓް ކުޑަވެ، އެ އެއްޗެހި ބެލެހެއްޓުމަށް ހިނގާ ހަރަދު ވެސް ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

މިއީ ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހަދަން ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބޭނެ ކަމެއް ކަމަށްވެސް ކައުންސިލުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އިލްހާމް އިބްރާހީމް

    ފުލި ބައްތި ދިއްލަންވީނު، ވީހާވެސް އަދިރިކޮށް ބާއްވާ، އޭރުން ރަގަޅުވާނެ. ލެޑޭބުނީމަ ހީވަނީ، ވަރަށް އަލިގަދަވާނެހެންތަ، ތިލެޑް ޖެހުމަށަވުރެ ރަގަޅުވާނެ ނުދިއްލާ އަނދިރިކޮށް ބޭއްވިއްޔާ ، އޭރުން ތިމާވެއްޓާ މާ ރަށްޓެހިވާނެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.