ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން އޭދަފުށީގައިވެސް ފެށިގެން ކުރިއަށް އެބަދެ އެވެ.
މި އިންތިހާބުގައި އޭދަފުށީގައި ތިން ވޯޓް ފޮށި ވަނީ ބަހައްޓައިފަ އެވެ. އޭދަފުށީގައި ވޯޓު ފޮށިތައް ބެހެއްޓިފައިވަނީ ބަހިއްޔާ ޕްރީ ސްކޫލް، ބ. އަތޮޅު ތައުލީމީ މަރުކަޒު އަދި ބ. އަތޮޅުހޮސްޕިޓަލުގަ އެވެ.
މި އިންތިހާބުގައި އޭދަފުށީ ކައުންސިލަށް 15 ކެންޑިޑޭޓުން ކުރިމަތިލާފައި ވާއިރު ބ. އަތޮޅުގެ ތިން ދާއިރާގެ ހަ ގޮނޑިއަށް 12 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.