އޭދަފުށީ ދާއިރާގެ ދެ ގޮނޑި ޕީޕީއެމް އާއި އެމްޑީޕީ އަށް

1-5

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ބ. އަތޮޅު ކައުންސިލު އޭދަފުށީ ދާއިރާގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ޕީޕީއެމް އަދި އަނެއް ދެ ގޮނޑި އެމްޑީޕީން ކާމިޔާބު ކޮށްފި އެވެ.

މިހާތަނަށް ލިބުނު ވަގުތީ ނަތީޖާއިން ދައްކާގޮތުން ޕީޕީއެމުން ވާދަކުރި އިބްރާހިމް ރަޝީދު (ހީނާ އިއްބަ) އެ ގޮނޑި ކާމިޔާބުކުރައްވާފައި ވަނީ 1098 ވޯޓުންނެވެ. އަދި މިދާއިރާގެ ގޮނޑިއަށް އެމްޑީޕީން ކުރިމަތިލެއްވި މަބުރޫކް ނަސީރު އަށް 1096 ވޯޓު ލިބުނު އިރު ޖުމްހޫރީ ޕާޓިން ކުރިމަތިލެއްވި އަހްމަދު ޝަރީފަށް 1011 ވޯޓު ލިބުނެވެ.

ބައެއް ރިސޯޓްތަކާއި އެހެން ސަރަހައްދުތަކުގައި ބެހެއްޓި އޭދަފުށީ ދާއިރާގެ ވޯޓު ފޮށިތަކުގެ ނަތީޖާ އަދި ނުލިބޭތީ، މި ނަތީޖާ ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ.

މި އިންތިހާބުގައި އޭދަފުށީގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ތެރެއިން ބ. އޭދަފުށީ ކައުންސިލްގެ ވަގުތީ ނަތީޖާ އަށް ބަލާއިރު ރަށު ކައުންސިލުގެ ހަތް ގޮނޑީގެ ތެރެއިން ފަސް ގޮޑި ކާމިޔާބުކުރީ ޕީޕީއެމުންނެވެ. އަނެއް ދެ ގޮނޑި ނެގީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީންނެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. Mohamed Shareef

    ދެބޭފުޅުންނައްވެސް ވަރަށް ހޫނު މަރުހަބާއެއް ކިޔަން، ރަށުާ އަތޮޅުގެ ތަރައްޤީ އަށް މުހިއްމު އަދި ބޭނުންތެރި އެއްމެހާ ކަންކަމގައި އިސްނަގައި އަދި ފަސްދިނުމެއްނެތި، ޕާޓީ ފިކުރާއި ދޭދޭ މީހުންގެ މަސްލަހަތާއި ޒާތީތައައްޞަބުން އެކެހެރިވެތިބެ މުޅި ރަށާއި ދާއިރާގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭގޮތައް ތަރައްގީގެޕްލޭންތަކާއި އަސާސީ ހިދުމައްތައް ރައްޔިތުންނައް ހޯދައިދިނުމުގައި ގަދައަޅައި މަސައްކަތްކުރާނެކަމުގައި ޔަގީންކުރަން، މާތްﷲ ތިޔަ ދެބޭފުޅުންނަށް ލުއިފަސޭހަގޮތް މިންވަރުކުރަށްވާ ރައްޔިތުންނަށް އަޅާލާ އޯގާތެރި ވެރިންތަކެއް ކަމުގައި ލައްވާށި. އާމީން! ޝަރީފް

    ރައްދު
  2. ޒުމްރަތު

    2 ބޭފުޅުންނަށްވެސް މަރުޚަބާ!! ރައްޔިތުން ވޯޓް ދީގެން ހޮވީ ދެން ރައްޔިތުން އުޅޭ ހާލެއް ބަލާނެ ކަމެއް ނެތް ، ތިމާމެންގެ މުސާރަ ކޮޅު އެކައުންޓަށް ޖަމާވޭތޯ ބަލަ ބަލަ ތިބޭ ، ދެން ބުނޭ ސަރުކާރުން ބަޖެޓް ނުދޭ ކުރީގެ 3 އަހަރު ރައްޔިތުންނަށް ވަރަށް ރީތި ކޮށް ދޯކާ ދީފަ އޮތީ ، މަވާ ސަލާމް…….

    ރައްދު
  3. މުހަމެޑު

    މަރުހަބާ މަރުހަބާ އިއްބަބޭއަށް އަދި މަބުރޫކުއަށް ވެސް! އުފާވެރި ދުވަސްތަކަކަށް އެދެން. ދެބޭފުޅުންނަށްވެސް ކުރިއެރުމާއި ކާމިޔާބަށް އެދެން! އަދި ރަށުގެ އަދި އަތޮޅުގެ ތަރައްޤީ އަށް މުހިއްމު ބިނާކުރަނިވި މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް އުންމީދުކުރަން. މާތްﷲ ތިޔަ ދެބޭފުޅުންނަށް ލުއިފަސޭހަގޮތް މިންވަރުކުރަށްވާ ރައްޔިތުންނަށް އަޅާލާ އޯގާތެރި ވެރިންތަކެއް ކަމުގައި ލައްވާށި. އާމީން! ވަރަށް ސަލާމް – ދުއިސައު

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.