ޅެންވެރިންގެ ދުވަހުގެ ރިހިޔޫބީލް ދަރަވަންދޫގައި

ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން މިދިޔަ އަހަރު ބޭއްވި ޅެންވެރިންގެ ދުވަހުގެ ހާއްސަ ހަފުލާގެ ތެރެއިން. މިއަހަރުގެ ޅެންވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރާޏީ ބ. ދަރަވަންދޫގައި.--ހަވީރު ފޮޓޯ
ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން މިދިޔަ އަހަރު ބޭއްވި ޅެންވެރިންގެ ދުވަހުގެ ހާއްސަ ހަފުލާގެ ތެރެއިން. މިއަހަރުގެ ޅެންވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރާޏީ ބ. ދަރަވަންދޫގައި.–ހަވީރު ފޮޓޯ

 

މި އަހަރުގެ ޅެންވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުން އޮންނާނީ ބ. ދަރަވަންދޫގައި ކަމަށް ދިވެހި ބަހުގެ އެކަޑަމީން ބުނެފި އެވެ.

 ދިވެހި ބަހުގެ އެކެޑަމީން ބުނިގޮތުގައި ރާއްޖޭގެ މަޝްހޫރު ޅެންވެރިއެއް ކަމުގައިވާ އަލްއުސްތާޒު އަލްމަރްހޫމްއިބްރާހިމް ޝިހާބުގެ ޒިކުރާ އާކުރުމަށްޓަކައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ގައުމީ މަރުކަޒުން ގައުމީ ފެންވަރެއްގައި ބާއްވަމުން އަންނަ މި ރަސްމިއްޔާތަށް 25 އަހަރުފުރޭ “ރިހިޔޫބީލް” ފާހަގަކުރުމުގެ ރަސްމިއްޔާތު ބ. ދަރަވަންދޫގައި އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.

 ބބަހުގެ އެކެޑަމީން ބުނީ ދިވެހި ޅެންވެރީންގެ ޚިދުމަތުގެ އަގު ވަޒަންކުރުމާއި ދިވެހި ޅެންވެރިކަމަށް ދިވެހިން ހޭލުންތެރިކުރުވައި، ބަހުގެ އަދަބުގެ ލޯބި އާލާކޮށް ދިރުވުމުގެ މަގުސަދުގައި ބާއްވާ ޅެންވެރިނެގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ “އިރުއަރާ އަލިކޮށްފިޔޭ ދިވެހިންގެ ހުރިހާ ބިންތަކަށް” މި އެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރަނީ ޝާއިރުއް ޝަބާބް އަލްމަރުހޫމް އިބްރާހިމް ޝިހާބުގެ ހަނދާނުގައި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ ޝިހާބު އަވަހާރަވި ދުވަހެވެ.

މި ދުވަސް ދަރަވަންދޫގައި ފާހަގަކުރުމަށް އެ އެކަޑަމީން ނިންމާފައިވާއިރު ރާއްޖޭގެ އެއްރަށަކުން އެންމެ ގިނަ ޅެންވެރިން އުފެދިފައިވަނީ އެ ރަށުންނެވެ. އެގޮތުން ދަރަވަންދޫ އެންމެ މަޝަހޫރު އެއް ޅެންވެރިޔާ ސައީދު އަލިފުޅު އުފަންވެފައިވަނީވެސް ޖެނުއަރީމަހުގެ 15 ވަނަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.