އުރީދޫއިން އެމަޖެންސީ ޑޭޓާގެ ހިދުމަތް ތައާރަފުކޮށްފި

އުރީދޫ މޯލްޑިވްސްގެ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަން މެނޭޖަރު މަރިޔަމް އަހުމަދު ދީދީ (މަރީ) އެ ކުންފުނީގެ ހިދުމަތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަނީ
އުރީދޫ މޯލްޑިވްސްގެ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަން މެނޭޖަރު މަރިޔަމް އަހުމަދު ދީދީ (މަރީ) އެ ކުންފުނީގެ ހިދުމަތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަނީ

 

މުއާސަލާތީ ކުންފުނި އުރީދޫއިން ފަހުން ފައިސާ ދައްކާ ގޮތަށް ކަސްޓަމަރުންނަށް ޑާޓާ ރީޗާޖް ކުރެވޭ ހިދުމަތެއް ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނީ އެމަޖެންސީ ޑާޓާ ހިދުމަތުގައި އުރީދޫ ކަސްޓަމަރުންގެ ތެރެއިން ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ހިދުމަތް ހޯދާފައިވާ ކަސްޓަމަރުނަށް ފަހުން ދައްކާ ގޮތަށް ޑާޓާ ކުރެޑިޓް ލިބޭނެ ކަމަށެވެ.

މި ހިދުމަތް ހޯދަން #141* އަށް ގުޅުމުން އެމަޖެންސީ ޑޭޓާ ލިބޭ ޕެކޭޖްތައް ހިޔާރު ކުރެވެ އެވެ. އެގޮތުން 30 އެމްބީ، 150 އެމްބީ އަދި 350 އެމްބީ ހިޔާރު ކުރެވޭއިރު މި ހިދުމަތް ހޯދަން ކަސްޓަމަރުން އޭގެ ފަހުން އެންމެ އަވަހަށް ކުރާ ރިޗާޖުން އެމަޖެންސީ ޑޭޓާގެ ފީއާއެކު 10 ޕަސެންޓް ހިދުމަތުގެ ފީއެއް އުނިކުރެ އެވެ.

އެމަޖެންސީ ޑޭޓާގެ ހިދުމަތް އުރީދޫ ޕްރީޕެއިޑް، އުރީދޫ މިކްސް އަދި އެމްވީޕީއެން ޕްރީޕެއިޑް ޚިދުމަތް ބޭނުންކުރާތާ ހަ މަސް ވެފައިވާ ހުރިހާ ކަސްޓަމަރުންނަށް ބޭނުން ކުރެވެއެވެ.

އުރީދޫ އިން 2012 ވަނަ އަހަރު ވަނީ އެމަޖެންސީ ކްރެޑިޓް ވެސް ތައާރަފް ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.