
ރަމަޟާންމަހާ ގުޅިގެން އަންނަ ފިތުރު އީދު ދުވަހަކީ ކުޅިވަރާ މަޖާ އަދި މީރު ކެއުންތައް ލިބޭ ދުވަހެއްގެ ގޮތުގައި ފާހަގަކުރެވޭ ދުވަހެކެވެ.އަނަންތަރާ ކިހަވަށްވިލާސްގެ ހިއުމަންރިސޯސް ޑައިރެކްޓަރެއްގެ މަގާމް އަދާކުރައްވަމުންއަންނަ އޭދަފުށީ އޯކިޑްމާގޭ އަލީ ރިޒާ ކުޑައިރުގެ ހަނދާންތަކުން އެންމެ ހަނދާނަށް އަންނަނީ އީދުދުވަހުގެ ހަނދާންތައްކަމަށް އޭނާ ވިދާޅުވެ އެވެ. މިހާރު އީދު ފާހަގަކުރާގޮތޢ ހިލާފަށް މީގެ ތިރީހަކަށް އަހަރުކުރީގެ ހަނދާންތައް އާ ކުރައްވަމުން ރިޒާ ވިދާޅުވީ އީދުދުވަހު އެންމެ ބޮޑު އުފަލެއް ލިބެނީ “އޭރު ވަރަށް ތަދު” އެއްޗެއްކަމަށްވާ ކުކުޅު ކާންލިބުން ކަމަށެވެ.
“ވަރަށް މަދުން ކުކުޅުކޮޅެއް ލިބޭނީ އާންމުކޮށް. އޭރު ވަރަށް ތަދުއެއްޗެއް އެއީ. އެކަމަކު އީދުދުވަހު ކުކުޅު ލިބޭނެކަމުގެ ހިތްހަމަޖެހުން ލިބޭނެ،” އުމުރުން 9 އަހަރުގެ ހަނދާން އާ ކުރައްވަމުން ރިޒާ އީޓީ އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުކުޅު ކެއުމަށްވުރެ މަޖާކަމަކަށްވާ ކުކުޅު ކަތިލުމުގެ މަސައްކަތަކީވެސް އީދުގެ ހަނދާނުން ފޮހެލަން އުނދަގޫކަމެއް ކަމަށެވެ. އަދި މިކަމުގައި ހަނދާން ނައްތާނުލެވޭ ދުވަހެއް އޭނާ ހިއްސާކުރެއްވި އެވެ.
“ވީގޮތަކީ ކުކުޅެއްގެ ބަދަލުގައި އެދުވަހު ކަތިލީ އަސްދޫންޏެއް. ކަތިލީމަ ދުއްވައިގަތީ. އޭއްޗަށް ދެވޭ ނުދެވޭ ތަނެއް ނޭނގިގެން އުދުހެމުން ހިނގަމުން ކަހަލަގޮތަކަށް ދިޔައީ. ހޯދާހޯދާ ފަހުން އަސްދޫންޏެއް ނުފެނުނު. އޭތިފަހަތުން ގޮސްވެސް ފަހުން ފެންނަގޮތެއް ނުވި. ހީވަނީ ގަބުރުސްތާނަށްހެންވަނީ.” މިހާރު އުމުރުން 38 އަހަރުގެ އަލީ ރިޒާގެ ހަނދާން ކިޔައިދެއްވި އެވެ.
އޭނާ ވިދާޅުވީ އޭރު އީދުދުވަހަކީ ވަރަށްކުޅިވަރުގެ ދުވަހެއްކަމަށާ އެންމެ ބޮޑަށް ހަނދާންވަނީ ގޭދޮށުކުދިންނާއެކު “ދިގުދަނޑި ކުޅޭ ހަނދާން” ކަމަށެވެ.