އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން އޭދަފުށީގައި މިހާރު ކުރިއަށްދާ އިންޓަ އޮފީސް ފުޓްސަލް ޗެލެންޖު ކަޕުން ވެގެންކޯސް (ވަތަނިއްޔާ/ޖެންޑާ/ ކޯޓް) އާއި ޕޮލިސް ގެ ހޭންޑްސް އަޕް ޓީމް ކަޓައިފި އެވެ.
ވެގެންކޯސް މުބާރާތުން ކެޓީ އިއްޔެ ހަވީރު ކުޅުނު މެޗުގައި ހުށިޔާރު (ދިރާގު/ސްޓެލްކޯ/އެސްޓީއޯ) އަތުން 6-1 ން ބަލިވެގެންނެވެ. ދެވަނަ މެޗުގައި ބެއޯމީއާ ބައްދަލުކޮށް ޕޮލިސްގެ ހޭންޑްސް އަޕް ބަލިވީ 3-1 އިންނެވެ.
14 އޮފީހަކުން ބައިވެރިވެފައިވާ 8 ޓީމުގެ މެދުގައި ވަރަށް ފޯރިއާ އެކު ކުރިއަށްދާ މި މުބާރާތުން މި ދެޓީމް ކެޓީ ދެ މެޗުން ބަލިވުމުންނެވެ. ދެޓީމް ކެޓިނަމަވެސް ސެމީ ފައިނަލުގެ ފަހު ދެޖާގަ ޔަގީންވާނީ މިއަދު ހަވީރު ކުޅޭ މެޗުތަކަށް ފަހު އެވެ.
ތައުލީމީ މަރުކަޒާއި އޭދަފުށީޕޮލިސް ވަނީ ސެމީގެ ފުރަތަމަ ދެ ޖާގަ ހޯދައިފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މާދަމާ ހަވީރު ފަށާނެ އެވެ.
ތަނިއްޔާ އިން ސްޕޮންސާކޮށްފައިވާ މި މުބާރާތަކީ އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށް އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫގު އާލާކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. އަދި ރަށު ފެންވަރުގައި ބާއްވާ މުބާރާތް ތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުންވެސް މި މުބާރާތް ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.