ގާނޫނުގައި ވާގޮތަށް ބައްދަލުވުން ބޭއްވީ ބ. އަތޮޅުން ކަމަދޫ ކައުންސިލު އެކަނި

ބ. ކަމަދޫ
ބ. ކަމަދޫ

 

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން މިދިޔަ މަހު ބައްދަލުވުން ބޭއްވީ އެންމެ 15 ކައުންސިލަކުން ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ ބުނެފި އެވެ.

ގާނޫނުގައިވާ ގޮތުގެ މަތިން އާންމުންނަށް ހުޅުވާލައިގެން މިދިޔަ މަހު ބައްދަލުވުން ބޭއްވި 15 ރަށުގެ ތެރޭގައި ބ. އަތޮޅުން ހިމެނެނީ ބ. ކަމަދޫ ކައުންސިލު އެކަންޏެވެ. ކަމަދޫގެ އިތުރުން ހިމެނެނީ އައްޑޫ ސިޓީ ކައުންސިލާއި ގދ. ތިނަދޫ ކައުންސިލާއި ފުވައްމުލަކު ދަޑިމަގު ކައުންސިލާއި ހއ. ފިއްލަދޫ ކައުންސިލާއި ނ. ހޮޅުދޫ ކައުންސިލާއި ރ. ކިނޮޅަހު ކައުންސިލާއި ހދ. ވައިކަރަދޫ ކައުންސިލާއި ތ. ވިލުފުށީ ކައުންސިލާއި އއ. ހިމަންދޫ ކައުންސިލާއި ހއ. އުތީމް ކައުންސިލާއި ފުވައްމުލަކު މާލެގަން ކައުންސިލާއި ފުވައްމުލަކު މާދަނޑު ކައުންސިލާއި ރ. މަޑުއްވަރީ ކައުންސިލް އަދި ހދ. ކުމުންދޫ ކައުންސިލުން ކަމަށް އެލްޖީއޭ އިން ބުންޏެވެ.

ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ވަނީ، ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް، ކޮންމެ އަހަރެެއްގެ ފެބްރުއަރީ މަހާއި ޖުލައި މަހު ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން ބާއްވަން ޖެހޭ ކަމަށެވެ. މީގެ ތެރެއިން ފެބްރުއަރީ މަހުގެ ބައްދަލުވުމުގައި، ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް އަދި އޮޑިޓް ރައްޔިތުންނަށް ހުށަހަޅަން ވާނެ ކަމަށް ގާނޫނުގައިވެ އެވެ. ޖުލައި މަހުގެ އާންމު ބައްދަލުވުމުގައި ކުރަން ވާނެ ކަމަށް ގާނޫނުގައި ބުނަނީ، ކައުންސިލްގެ ކުރިއަށް އޮތް އަހަރުގެ ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދުމެވެ.

އެލްޖީއޭ އިން ބުނީ އެ 15 ކައުންސިލްތަކުގެ ގާނޫނީ ޒިންމާ އަދާކޮށްފައިވާތީ އާއި ކައުންސިލްގެ މަސައްކަތްތަށް ފާހަގަކޮށް، މަރުހަބާ ކިޔާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.