ހުޅަނގު މޫސުން ފެށި ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް

މީހެއް ހިފައިގެން ހުރި ކުޑައެއް ވަޔާ އެއްލާލަނީ– ފޮޓޯ / މިހާރު

ރާއްޖެއަށް މި އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު އިއުލާންކޮށްފި އެވެ.

މެޓް އޮފީހުން ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ފެށިފައި ވަނީ އިއްޔެ ކަމަށެވެ.

ހުޅަނގު މޫސުން ފެށުނު ކަމަށް މެޓުން ބަލަނީ، ހާއްސަ މިންގަނޑެއްގެ ތެރެއިން، ކޮންމެ އަހަރެއްގެ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވާރޭވެހޭ މިންވަރާއި ވައިގެ ބާރުމިނަށް ބަލައިގެންނެވެ. މެޓުން ބުނި ގޮތުގައި ކޮންމެ އަހަރަކު ވެސް އާންމު ގޮތެއްގައި ހުޅަނގު މޫސުން ފެށެނީ ރާއްޖޭގެ ދެކުނުންނެވެ.

އެ އޮފީހުން ބުނި ގޮތުގައި، ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރާނެ އެވެ. އޭގެ ފަހުން މެދުރާއްޖެ ތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށޭ ކަމަށް ބުންޏެވެ.

މެޓް އޮފީހުން ބަލާ މިންގަނޑަކީ މެއި އެއްވަނަ ދުވަހުން ފެށިގެން ދެކުނަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުމާއި ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދުން ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ވައި ޖެހުމާ އެކު އެ ހާލަތްތައް ދެ ދުވަހަށް ދިގުދެމިގެން ދިއުމެވެ. މެޓް އޮފީހުން ހުޅަނގު މޫސުން ފެށިފައިވާތީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ދެކުނުގެ އަތޮޅުތަކަށާއި މެދުރާއްޖޭގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށެވެ. ކުރިއަށް މިއޮތް ދެ ދުވަހު ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލު ބާރު މިނުގައި އަދި މޫސުން އެންމެ ގޯސްވާ ވަގުތު ގަޑިއަކު 40 މޭލާއި 50 މޭލާ ދެމެދު ބާރުމިނުގައި ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.

މޫސޫން ގޯސްވާ ދުވަސްތަކުގައި ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓަށް އުސްމިން އަރައިގެންދާނެތީ ކަނޑުތައް ގަދަވެ ބައެއް ރަށްތަކަށް އުދައަރާނެ ކަމަށްވެސް ބެލެވޭ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވުމާ އެކު މިހާރުވެސް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. މިއަދު ހެނދުނު މާލެއަށް ވެސް ފެން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.